އެންސީއޭގެ އެގްޒެކްޓިވް ޑިރެކްޓަރަކަށް އަޒޭ އައްޔަނު ކޮށްފި

އެންސީއޭގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި އަޒޭ ----

ނޭޝަނަލް ސެންޓާރ ފޯދި އާޓްސް ގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ފިލްމީ ތަރި އަހްމަދު އަޒްމީލް އައްޔަނު ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އެ ޕާޓީގެ ހަރަކާތްތަކުން ފެންނަ އަޒްމީލް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިއަދު ރައިސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އަޒްމީލްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގައި ހަރަކާތްތެރިވާ އިބްރާހިމް ފަރުހާދު ވަނީ އައްޔަންކުރައްވާފަ އެވެ.

އަދި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އެމްޑީޕީގެ އެކްޓިވިސްޓް އަހަމަދު މައިމޫން މުހައްމަދު ވެސް ވަނީ އައްޔަންކުރައްވާފަ އެވެ.

comment ކޮމެންޓް