އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް އާތު އަވާ ފަހާގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
އާތު އަވާ ފާހަގަކުރުމަށް ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 08:30 އިން 09:30 އަށެވެ.
އޭގެ އިތުރުން އާތު އަވާގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހު ރޭގަނޑު 08:30 ގައި " ގްލޯބަލް ވޯމިން" އާ ގުޅޭ ހާއްސަ ފެނަލް ޑިސްކަޝެންއެއް އޮންނާނެ ކަމަށް އެ ހަރަކާތް އިންތިޒާމް ކުރާ އިކޯ ކޭއާ އިން ބުންޏެވެ.
އަދި މިމަހު 28 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށްވެސް އިކޯކެއާއިން ބުންޏެވެ.
އާތުއާވާ ފާހަގަކުރުމަށް އިތުރަށް ކުރިއަށް ގެންދާ ހަރަކާތްތައް
- ފޮތިކޮތަޅު ހަދަން ދަސްކޮށްދިނުން (މާޗް 29)
- އާތު އަވާ ލޯގޯ ޓީޝާޓްތަކަށް ޕްރިންޓްކޮށް ވިއްކުން (މާޗް 29)
- އާތު އަވާ ހިނގާލުން (މާޗް 30)
- އާތު އަވާ ސްވިޗް ހާއްސަ އިވެންޓް ކުޅުދުއްފުށީގައި (މާޗް 30) ރޭ
އިކޯ ކެއާއިން ބުނީ އާތުއަވާއާ ބެހޭ އިތުރު މައުލޫމާތު އާތުއަވާގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށެވެ.