ހުޅުމާލެ ބަސް ސްޓޭންޑުތައް ތަރައްގީ ކުރަނީ

ހުޅުމާލޭގައި ހުންނަ ބަސް ސްޓޮޕެއް ---

ހުޅުމާލޭގެ ބަސް ސްޓޭންޑުތައް ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފިއެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތަށް ބަސް ހުއްޓިތައް ހުންނަ ސަރަހައްދުތައް ފެންސު ޖަހައި ބަންދުކޮށްފައިވާ ކަމަށެވެ.

އަދި ބަސް ހުއްޓި ބަންދުކޮށް، ވަގުތީގޮތުން ބަސްހުއްޓީގެ ގޮތުގައި ބޭނުންކުރާނެތަންތަން އަންގައިދިނުމަށް ނިޝާން ޖަހާފައި ހުންނާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭގައި ހުންނަ ބަސް ހުއްޓި ތަކަކީ އެމްޓީސީސީ އަދި އެމްޕީއެލްގެ ބަހުގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންވެސް ބޭނުންކުރާ ބަސް ހުއްޓިތަކެކެވެ.

ބަސް ހުއްޓިތަކުގައި އިށީނގެ ނުތިބެވޭ ވާހަކަ އާއި ހިޔާ ނުވާ ވާހަކައަކީ އާންމު ޝަކުވާއެކެވެ.

އެޗްޑީސީ އިން ވަނީ ހުޅުމާލެ އެން1 މެއިން ބަސް ސްޓޮޕާއި ސިފައިންގެ ފްލެޓުތައް ހަދާ ސަރަހައްދުގައި ހުންނަ ބަސް ހުއްޓި ކައިރި ފެންސުޖަހައި ބަންދުކޮށްފައެވެ.

comment ކޮމެންޓް