އެފްރިކާގެ ތިންގައުމަކަށް އެރި ތޫފާނުގައި ގިނަ ބަޔަކު މަރުވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

ސައިކްލޯން އިޑާއީގައި ގެއްލުންވެފައި--

އެފްރިކާގެ ތިން ގައުމަކަށް އެރި ތޫފާނެއްގައި ގިނަ ބަޔަކު މަރުވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ޒިމްބާބްވޭއަށާއި، މަލާވީ އަދި މޮޒަމްބިގަށް އެރި ތޫފާން "ސައިކްލޯން އިޑާއީ" ގެ ސަބަބުން 270 މީހުން ވަނީ މަރުވެފައެވެ. އަދި އެ ގައުމުތަކުގެ އެކި އިމާރަތްތައް ހަލާކުވެ، މީހުންގެ މުދަލަށްވެސް ވަނީ ގެއްލުން ލިބިފައެވެ. މި ހިތާމަވެރި ހާލަތުގައި ރައީސް ވަނީ އެ ތިންގައުމުގެ ރައީސުންނަށް ތައުޒިޔާ ފޮނުއްވައިފައެވެ.

ރައީސް ވަނީ ސައިކްލޯނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އެގައުމު ތަކުގެ ރައްޔިތުން ދެއްކި ކެއްތެރިކަމާއި ސާބިތުކަމަށް ތަޢުރީފު ކުރައްވާފައިވެއެވެ.

ޒިމްބާބްވޭއަށާއި، މަލާވީ އަދި މޮޒަމްބިގަށް ކުރިމަތިވެފައިވާ މި ހިތަމަވެރި ދަނޑިވަޅުގައި ސަރުކާރާއި، ރައްޔިތުންނާއި ރައީސްގެ އަމިއްލަ ނަންފުޅުގައި އެ ގައުމުތަކުގެ ވެރިންނަށައި ރައްޔިތުންނަށް ވަނީ ހަމްދަރުދީ ފޮނުއްވައިފައެވެ.

އަދި ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދިނުމަށް ރައީސްގެ މެސެޖުގައި ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް