"އިޝްކް ވިޝްކް"ގެ ރީމޭކެއް ހަދަނީ!

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރު އަދި ބަތަލާ އަމްރިތާ ރާއޯ ބޮލީވުޑަށް ތައާރަފުވި ފިލްމު 'އިޝްކް ވިޝްކް'ގެ ރީމޭކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މީގެ 16 އަހަރު ކުރިން ރިލީޒްކުރި އެ ފިލްމަކީ ހިތްގައިމު ލަވަތަކެއް ހިމަނައިގެން އުފެއްދި ކޮލެޖު ޑްރާމާއެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކުޑައިރުގެ ދެ އެކުވެރިން ފުރާވަރަށް އަޅައި، ދެމީހުންގެ އެކުވެރިކަން ލޯތްބަށް ބަދަލުވާ ގޮތުގެ މައްޗަށެވެ.

ޓިޕްސް އިން ޕްރޮޑިއުސްކޮށް، ކެން ގޯޝް ޑައިރެކްޓު ކުރި އެ ފިލްމުގައި ޝާހިދު އަދި އަމްރިތާގެ އިތުރުން ދެން ފެނިގެން ދިޔައީ ޝެނާޒް ޓްރެޝަރީ އާއި ވިޝާލް މަލޯތުރާ އެވެ.

ޚަބަރުތައް ބުނާ ގޮތުން ފިލްމުގެ ރީމޭކްގައި ފެނިގެންދާނީ މުޅިން އާ ކާސްޓެކެވެ. އަދި ފިލްމު ޑައިރެކްޓު ކުރާނީ ވެސް އެހެން ޑައިރެކްޓަރެކެވެ. އޭގެ އިތުރުން ވާހަކަ ވެސް ޒަމާނާ ގުޅޭ ގޮތަށް ބަދަލު ކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް