އެމްއޭސީއެލްގެ ބޯޑަށް އިބްރާހިމް ނޫރައްދީން

ކުރީގެ ރައީސް ނަޝީދު (މ) އަދި އިބްރާހިމް ނޫރައްދީން (ވ) --- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނޫރައްދީން އައްޔަން ކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނޫރައްދީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަން ކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭއެވެ.

ރިސޯޓް ހިންގާ ކުންފުނި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ހިމެނިވަޑައިގަންނަވާ ހިމެނިވަޑައިގަންނަވާ ނޫރައްދީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމްއޭސީއެލްގެ ޗެއާމަންކަންވެސް ކުރައްވާފައެވެ. އަދި ރައީސް މައުމޫނުގެ ސަރުކާރުގައިވެސް އެމްއޭސީއެލްގެ ބޯޑުގައި އޭނާ ހިމެނިވަޑައިގެންނެވިއެވެ.

އިބްރާޙިމް ނޫރައްދީނަކީ ރައީސް އޮފީހުގެ އިންޓަނޭޝަނަލް ރިލޭޝަންސް ސެކްރެޓްރީ ސަބްރާ އިބްރާޙިމް ނޫރައްދީންގެ ބައްޕައެވެ.

comment ކޮމެންޓް