ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންފި

ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގަތުން -- ފޮޓޯ: ޓްވިޓާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.

މިއަދު ހަވީރު ރައީސް ހިންނަވަރަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި އިން ވާދަކުރައްވާ ކެންޑިޑޭޓު ޖީހާން މަހުމޫދުގެ ކެމްޕެއިން ފެށުމަށް މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގަތުން -- ފޮޓޯ: ޓްވިޓާ

ރައީސް ސޯލިހަކީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާކުރެއްވުމާއި ހަމައަށް 25 އަހަރުވަންދެން މަޖިލީހުގައި ހިންނަވަރު ދާއިރާ އަދި ފާދިއްޕޮޅު ތަމްސީލު ކުރެއްވި މެންބަރެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާދަމާ ޅ. ނައިފަރަށާއި ކުރެންދޫ އަށް ވެސްވަޑައިގަންނަވާނެ އެވެ. އަދި އެ ދާއިރާތަކުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވާނެއެވެ.

ރައީސް ސޯލިހު ކުރައްވާ ކެމްޕެއިްނ ދަތުރުފުޅުތަކުގެ ހަދަރުތައް ބަލަހައްޓަނީ އެމްޑީޕީ އިން ކަމަށް ސަރުކާރުން ވަނީ މީގެ ކުރީން ބުނެފައެވެ.

comment ކޮމެންޓް