މަޝްހޫރު ޑްރަމް ޖެހުންތެރިޔާ ހަލް ބްލެއިން މަރުވެއްޖެ

ހަލް ބްލެއިން--

ޕޮޕް މިއުޒިކްގައި އެންމެ ގަދައަށް ފިޔަޖަހާލި އެމެރިކާގެ ޑްރަމަރު ހަލް ބްލެއިން މަރުވެއްޖެ އެވެ.

އޭނާ މަރުވި އިރު އުމުރަކީ 90 އަހަރެވެ. ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވީ ގުދުރަތީ މަރަކުންނެވެ. މިދިޔަ ހޯމަ ދުވަހު އޭނާ މަރުވިކަން އިއުލާންކުރުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ހަލްގެ ގާތް އެކުވެރިއެއް ކަމަށްވާ މައިކީ ޑޮލެންޒް ބުނީ އޭނާ އަކީ ވަރަށް މޮޅަށް ޑްރަމް ޖަހަން އެނގޭ މީހެއް ކަމަށާއި ގިނަ ލަވަތަކެއްގައި އޭނާ ޑްރަމް ޖަހާފައިވާ ކަމަށެވެ. "އޭނާ އެއީ މިހާތަނަށް އުފެދުނު އެންމެ ފައިން ޑްރަމާ،"

ފަންސާހުގެ އަހަރުތަކުގައި އޭނާގެ ނަން ވިދާލިއިރު އޭނާގެ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި "ގްރޭޓް ސްޓްރިޕާ"، "ޓޮޕްސިން" އަދި "ލަވް-އިން" ހިމެނެއެވެ.

comment ކޮމެންޓް