ހިތާދޫގައި އަނބުގަހަކުން ޥެއްޓުނު މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ހިތަދޫގައި އަނބުގަހަކުން މީހަކު ވެއްޓުނު ސަރަހައްދު --- ފޮޓޯ/ ހިތާދޫ އޮންލައިން

ބ. ހިތާދޫގައި އަނބުގަހަކުން ވެއްޓުނު މީހަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ހިތާދޫ ކައުންސިލްގެ ރައިސް އަބްދުލް އަޒީޒް މުހައްމަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދުުރު 2:30 އެހައިކަންހާއިރު ކަމަށެވެ.

އަބްދުލް އަޒީޒް ވިދާޅުވީ އިތުރު ފަރުވާއަށް ހަވީރު 6:00 އެހައިކަންހާއިރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި އަނބުގަހުން ވެއްޓުނީ 40 އަހަރުގެ އަހުމަދު ހުސައިން ނަމަކަށް ކިޔާ މީހަކަށެވެ. އަދި އެ ހާދިސާ ހިނގިއިރު އޭނާ އޭރު އުޅުނީ އަނބު ބިންނަންކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަބްދުލް އަޒީޒް ވިދާޅުވީ އޭނާ ވެއްޓުނު އަނބުގަހާ ބިމާ ދޭތެރޭ 20 ނޫނީ 30 ފޫޓް ހުންނާނެ ކަަމަށެވެ. އަދި އޭނާ ވެއްޓުނީ އަނބުގަސް ކުރިމަތީގައި ހުރި ޖަންކްޝަނެއްގެ މައްޗަށް ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަޒީޒް ވިދާޅުވީ އެ ހާދިސާގައި ބޭރު ފުށުން ފެންނަން ހުރި އަނިޔާތަކަށް ބަލާއިރު އޭނާގެ ލޯމަތި ދުޅަވެ ނޭފަތުން ލޭ އައިސް އަދި އެއް އަތް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް