މިއަދު ހެނދުނު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ފައިސާތަކެއް ފޭރުނު މައްސަލައިގައި ދެ މީހަކާއި ދެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު 9:00 އެހާކަން ހާއިރު، ދެ ސައިކަލެއްގައި އައި ބަޔަކު ވަނީ އެސްބީއައި ކައިރިން ދިޔަ އިންޑިއާ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފަ އެވެ. އެ އަމަލު ހިންގީ ހެލްމެޓު އަޅައިގެން، ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ތިބި ހަތަރު މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފޭރިގަނެފައިވާ ފައިސާގެ އަދަދަކީ 2.3 މިލިއަން ރުފިޔާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ދެ މީހަކާއި ދެ ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ސަން"އަށް ވިދާޅުވީ، މިއަދު ފޭރުނީ ބީއެޗްއެމް ޓްރޭޑާސްގެެ ފައިސާތަކެއް ކަމަށެވެ.
އެ މީހުން ހެލްމެޓު އަޅައިގެން މޫނު ފޮރުވައިގެން ތިބި ނަމަވެސް، އެ މީހުން ހޯދޭނެ ކަމުގެ ޔަގީންކަން އޭނާ މިއަދު ދެއްވިއެވެ.