ފުލުހުންގެ މުއަސަސާ ހަރުދަނާކުރުމަށް ބާއްވާ ރިފޯމް މަހާސިންތާގައި ބައިވެރިވުމަށް އާންމުނަށް ހުޅުވާލައިފި އެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މުއަސަސާ ހަރުދަނާ ކުރުމަށް އާންމުންގެ ހިޔަލާއެކު ރިޕޯމް މަހާސިންތާއެއް ބާއްވާނެ ކަމަށެވެ.
އެ މަހާސިންތާގައި އާންމުންނަށް ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރުމަށް މިއަދު 6:00 އާ ހަމައްށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ޕޮލިސް ރިފޯމް މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު. pic.twitter.com/v6D8NDFIdf
— Maldives Police (@PoliceMv) March 2, 2019
މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ އަންގާރަ ދުވަހު ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ.
ފުލުހުންގެ މުއަސަސާ ހަރުދަނާ ކުރުމަށް މަހާސިންތާއެއް ބެއްވުމަށް ހަމަޖެހިފައިވާ އިރު، އެ މުއަސަސާއަށް ސިޔާސީ ނުފޫޒު ވަދެ މިނިވަންކަމާ އެކު މަސައްކަތް ނުކުރާކަމަށް ބުނެ މީގެ ކުރިން ބައެއް ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.