ނަވާޒުއްދީންގެ "ފޮޓޯގްރާފް" ރިލީޒްކުރާނީ މާޗު މަހު

ނަވާޒުއްދީން ސިއްދީގު ---

ނަވާޒުއްދީން ސިއްދީގީ އަދި ސާންޔާ މަލްހޯތުރާގެ ކުރިއަށް އޮތް ފިލްމު، 'ފޮޓޯގްރާފް' އަންނަ މާޗު މަހުގެ 15 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

ކާމިޔާބު ފިލްމު 'ލަންޗްބޮކްސް'ގެ ޑައިރެކްޓަރު ރިތޭޝް ބަޓްރާ ޑައިރެކްޓުކޮށް އުފައްދައިފައިވާ 'ފޮޓޯގްރާފް' ވަނީ މީގެ ކުރިން ސަންޑާންސް ފިލްމު ފެސްޓިވަލް އަދި ނިމިގެން ދިޔަ ބާލިން ފިލްމު ފެސްޓިވަލުގައި ވެސް ޕްރިމިއާކޮށްފަ އެވެ.

އެ ފިލްމަށް ފެސްޓިވަލުގައި ބެލުންތެރިންގެ އިތުރުން ކްރިޓީކުންގެ ވެސް ރަނގަޅު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

އިންޑިއާގައި ރަސްމީކޮށް ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށް، ފިލްމު އުފައްދާ ފަރާތުން ވަނީ ފިލްމުގެ އައު ޕޯސްޓަރެއް ވެސް ނެރެފަ އެވެ. ފިލްމުގައި ނަވާޒުއްދީން ފެނިގެންދާނީ ފޮޓޯ ނަގާ މީހެއްގެ ރޯލުންނެވެ. ސާންޔާ ފެނިގެންދާނީ ކޮލެޖް ދަރިވަރެއްގެ ރޯލުންނެވެ.

މިއީ ނަވާޒުއްދީން އަދި ސާންޔާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް