އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓަށް ޖަމާވިކަން އޭސީސީގެ ތަހުގީގު ރިޕޯޓުން ދައްކައިފިއެވެ.
އޭސީސީން އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު އެ ފައިސާ ޖަމާކޮށްފައިވާ އެކައުންޓްތަކުގެ ތަފްސީލު މިއަދު ވަނީ އާންމުކޮށްފައެވެ.
އެމްއެމްޕީއާރުސީއަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބެންޖޭހޭ ފައިސާ ޖަމާކޮށްފައިވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އެ އެކަންޓުން ފައިސާ ފޮނުވި އެކައުންޓްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހިމެނެއެވެ. އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު ހިމެނެއެވެ.
އެމްއެމްޕީއާރުސީ ފައިސާ ޖަމާކުރި މެމްބަރުން
- މޫސާ މަނިކު، ހުޅުހެންވޭރު ދާއިރާ - 100،000 ޑޮލަރު ( 1،542،000 ރުފިޔާ)
- ރިޔާޒު ރަޝީދު، ވިލުފުށި ދާއިރާ - 424،255 ޑޮލަރު (6،542،012 ރުފިޔާ)
- ހުސައިން މަނިކު ދޮންމަނިކު، ގުރައިދޫ ދާއިރާ - 250،000 ޑޮލަރު (3،855،00 ރުފިޔާ)
އެ ތިން މެމްބަރުން ހިމެނޭ ގޮތަށް ޖުމްލާ 774،255 ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން ނަމަ 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
އޭސީސީން އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓު މިއަދު އާންމުކޮށް، ބައެއް މެމްބަރުންގެ އެކައުންޓުތަކަށް އެ ފައިސާ ވަން ކަން ހާމަވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނޭ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ އެ ވާހަކަ ދޮގުކުރައްވާފައެވެ.
SOF in alhugandah evves faisaa eh dheefa nuonnaane !
— Riyaz Rasheed (@riyaz_rasheed) February 14, 2019
އޭރު ގޮލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަހުމަދު މަހުލޫފުގެ އެކައުންޓަށްވެސް ވަނީ އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ޖަމާކޮށްފަ އެވެ. އެއީ 33،000 ޑޮލަރު (508،860 ރުފިޔާ އެވެ.
• Alhuganduge accountah jamaakoffaivaa $33000 aai gulhey gothun alhuganduge bayaan.
— Ahmed Mahloof (@AhmedMahloof) February 14, 2019
•Viyafaari koffaivaa receipt.
•ACC ah alhugandu fonuvi sitee adhi ACC inn alhugandah dhevvaafaivaa javaabu.
Vahkameh koffa noanaane adhi massala belumahfahu goaheh ulheynama isthiufaa dheynan. pic.twitter.com/WvAFAT7ge2
އެފައިސާއާ ގުޅިގެން މިހާރު ޔޫތު މިނިސްޓަރުގެ މަގާމުގައިވެސް ހުންނެވި އަހުމަދު މަހުލޫފު ވިދާޅުވެފައިވަނީ އެފައިސާއަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ. އޭނާގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ އޭނާގެ ޑޮލަރު އެކައުންޓެއް ހުރުމުން ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެމައްސަލަ ތަހުގީގުކޮށް މައްސަލައެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.