ލިވިން އެކްސްޕޯ އަށް 5800 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި

ލިވިން އެލްސްޕޯ 2019 ގައި ހުރި ސްޓޭންޑެއް -- ސަން ފޮޓޯ: އަހުމަދު އަވްޝަން

މިމަހުގެ ނުވަޔަކުން 11 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް ލިވިން އެކްސްޕޯ އަށް ތިން ދުވަސް ތެރޭ 5800 މީހުން ޒިޔާރަތްކުރި ކަމަށް އެކްސސްޕޯ އިންތިޒާމު ކުރި ހައިރައިޒް އިން ބުނެފިއެވެ.

ދެހާސްތޭރަވަނަ އަހަރުން ފަށައިގެން ހައިރައިޒް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިން އެކްސްޕޯ އަކީ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށާއި ގޭތެރެއަށް ބޭނުންވާ ސާމާނު ގަންނަން ބޭނުންވާ ފަރާތްތަކަށް އެއްތަނަކުން ގިނަ ފުރުސަތުތަކެއް ލިބޭ ޕްލެޓްފޯމެކެވެ.

ހައިރައިޒް އިން ބުނީ މިއަހަރުގެ އެކްސްޕޯ އަކީ އެކްސްޕޯގައި ބައިވެރިވި ރިއަލް އެސްޓޭޓު ކުންފުނިތަކަށްވެސް ކާމިޔާބު އަހަރެއް ކަމަށެވެ. މިއަހަރުގެ އެކްސްޕޯގައިވެސް ރާއްޖެއާއި އަވައްޓެރި ސްރީލަންކާގެ ރިއަލް އެސްޓޭޓު ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

އެކްސްޕޯ އަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި ކޮންމެ ދުވަހަކުވެސް ވަނީ އަގުހުރި ހަދިޔާތަކެއް ދޫކޮށްލައިފައެވެ. މީގެ އިތުރުން އެކްސްޕޯގެ ފަހު ދުވަހު ގްރޭންޑް ލަކީޑްރޯ އެއްވެސް ވަނީ ބާއްވައިފައެވެ.

ލިވިން އެކްސްޕޯގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއެވެ. ކޯ ސްޕޮންސަރުންނަކީ އަލްޓެއާ އަދި އަކުއާ ވިޓާއެވެ. ސަޕޯޓިން ޕާޓްރަރަކީ އެޗްޑީސީއެވެ. އެސޯސިއޭޓް ޕާޓްނަރަކީ ރީފްސައިޑެވެ.

މި އެކްސްޕޯއަކީ މަސީ އިން އެންޑޯޒްކޮށްފައިވާ އެކްސްޕޯއެކެވެ.

ހައިރައިޒް އިން ބުނީ ލިވިން އެކްސްޕޯގެ އަށްވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީއަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް