"ހީލީމާ އަގެއިން"ގެ ޓްރެއިލާ ނެރެފި

"ހީލީމާ"ގެ ޕޯސްޓަރަކާއި "ހީލީމާ އެގެއިން"ގެ ޕޯސްޓަރު...

ޒުވާން ދެ މޮޑެލް އާއެކު "ހީލީމާ އަގެއިން"ގެ މި މަހު 14ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އިރު އެ ލަވައިގެ ޓީޒާ ޓްރެއިލާ ނެރެފި އެވެ.

މޮޑެލިން ދާއިރާގައި ކުރިއަރަމުން އަންނަ މުހައްމަދު އިޝްފާން އަދި ޖަމްޝީދާ ޖަމްޝީދު އެކްޓްކޮށްފައިވާ އެ ލަވަ ޝޫޓްކޮށްފައިވަނީ މާލެ، ވިލިނގިލި. ހުޅުމާލޭ އަދި ރާއްޖޭގެ ބައެއް ރަށްތަކުގަ އެވެ.

"ހީލީމާ" ކިޔާފައި ވަނީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި ފިރިމީހާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ކުރިޔަށް އޮތް "ހީލީމާ އެގެއިން" އިން އިވިގެންދާނީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކުން ވިދާލި ރައިހާން އާދަމްގެ އަޑެވެ.

"ހީލީމާ"އިން ފެނިގެން ގޮސްފައި ވަނީ ކާމިޔާބު ބަތަލާ މަރިޔަމް އައްޒަ އަދި ޖުމައިހް އެވެ.

އެ ލަވައަކީ މިހާތަނަން ލަވައަކަށް އެންމެ ބޮޑު ހޭދައެއްކޮށް އުފެއްދި ފުރަތަމަ ވީޑިއޯ ލަވަ އެވެ.

comment ކޮމެންޓް