އޮންލައިން ނޫހެއް ކަމުގައިވާ ރާއްޖެ-އެމްވީގައި މީގެ ދުވަސްކޮޅެއް ކުރީން ޝާއިއު ކުރި ލިއުމެއްގައިވާ ގޮތުން ރާއްޖޭގައި އިންޑިއާއިން ހިންގާ ގޮތް ނޭގޭ ހަރަކާތްތަކާ ދެކޮޅަށް ވާހަކަ ދައްކަނީ "ދެތިން މީހުން" ނެވެ! އެއީ ދެތިން މީހުން ކަމުގައިވާ ނަމަ އެ ދެތިން މީހުންގެ ތެރޭގައި ހަމަ ގައިމު ވެސް އަޅުގަނޑު ހިމެނޭނެ އެވެ. އިންޑިއާގެ ދެ ހެލި ކޮޕްޓަރާއި، އެ ދެ ހެލިކޮޕްޓަރު ބަލަހައްޓަން ކަމަށް ބުނެ ރާއްޖޭގައި ބައިތިއްބާފައި ތިބޭ 60 އިންޑިއާ ސިފައިންނަކީ ނިސްބަތުން މަދު އަދަދެއް ކަމުގައި ވިއަސް މީ ފެށުމެކެވެ. އިންޑިއާ ކޮޅަށް ބުރަވާ ސަރުކާރެއް ދިވެހި ރާއްޖޭގެ ވެރިކަމަށް ނޮވެމްބަރު 2018ގައި އައި ފަހުން ސަރުކާރުގެ އިސް މަސްއޫލްވެރިން ގެންދަވަނީ އިންޑިއާއަށް މިޤައުމު އަޅުވެތިވާ ފަދަ އެތައް ކަމެއް ކުރައްވަމުންނެވެ.
ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ކުރީގެ ސަރުކާރުން އެންގުމުން އެކަމަށް ޖަދަލުކޮށް ގަދަ ދައްކައިގެން ތިބުމަށް ފަހު މިސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އެހެލޮކޮޕްޓަރުތައް ބެހެއްޓުމުގެ ހުއްދަ އާކޮށްދެއްވާ، އިތުރު ޑޯނިއާ މަތިންދާ ބޯޓެއް ވެސް އިންޑިއާ އިން ގެނެސް ރާއްޖޭގައި ބޭއްވުމުގެ ހުއްދަ ދެއްވައިފަ އެވެ. އަދި އެ ޑޯރނިއާ ބޯޓު ބަލަހައްޓަން އިންޑިއާ ސިފައިން ބޭތިއްބުމުގެ ހުއްދަ ވެސް ދެއްވައިފަ އެވެ. މާލީ ވަޒީރާއި އިގްތިސޯދީ ވަޒީރު ވަނީ އިންޑިއާ އިން އެއް ބިލިއަން ޑޮލަރުގެ ލޯނު ނެގުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ހާރިޖީ ވަޒީރުވަނީ އިންޑިއާ އަކީ ނަމޫނާ ޑިމޮކްރެސީ އެއް ކަމަށް ވިދާޅުވެ އިންޑިއާ ޕްރޮމޯޓް ކުރައްވައިފަ އެވެ.
މާރިޔާ ވިދާޅުވެފައި ވަނީ އިންޑިއާ ނޫން ޤައުމަކުން މިލިޓަރީ އެހީ ބޭނުން ނޫން ކަމަށެވެ. އަދި އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފުމަކީ ދާދި ފަސޭހަ ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރަން އިންޑިއާ ނޫޅޭ ކަމަށް ވެސް ދިފާއީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ. މިއީ ތަހުޒީބީ ޤައުމެއްގެ ދިފާއީ ވަޒީރަކު ދައްކާނެ ކަހަލަ ވާހަކައެއް ނޫނެވެ. މިސާލަކަށް ދުނިޔޭގެ ނިސްބަތުން ކުޑަ ޤައުމެއް ކަމުގައިވާ ސިންގަޕޫރުގެ ދިފާއީ ވަޒީރު، ޗައިނާ ބޭނުން ނަމަ ސިންގަޕޫރަށް އަރައި ސިންގަޕޫރު ހިފިދާނެ ކަމަށް ބުނެފި ނަމަ މަޤާމުގައި އެއްދުވަހު ވެސް ނުހުރެވޭނެ އެވެ. އެމޭރުމުން ވާހަކަ ދައްކާ ކަމުގައިވަނީ ނަމަ ޝްރީލަންކާ ސަރުކާރުން ބޭނުން ނަމަ އެއްދުވަސް ތެރޭ ރާއްޖެ ހިފިދާނެ އެވެ. ދެ ޤައުމުގެ މިލިޓަރީގެ ފަރަގު އެހާ ވެސް ބޮޑެވެ. އެހެނޭ ކިޔާފައި ދިވެހިން ޝްރީލަންކާގެ ހެލިކޮޕްޓަރާއި އެޤައުމުގެ ސިފައިން ގެނެސް ދިވެހި ފަސްގަނޑުގައި ބައިތިއްބައިގެން ޝްރީލަންކާގެ އަޅުވެތިކަމަށް ދާންވީތޯ އެވެ. މިއީ މާރިޔާ ދެއްކެވި ވަރަށް ދަށުދަރަޖައިގެ ވާހަކައެކެވެ. މަޤާމުގެ ފެންވަރު ނެތްކަމުގެ ހެއްކެކެވެ.
ދިވެހިން ބަލަން ތިއްބާ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ވެއްޔާ މޮޑެވި، ގެއްލިގެން މިއޮއް ދަނީ އެވެ. ބޭރު ފުށުން ކިތައްމެ ރީތި މަންޒަރެއް ދެއްކިއަސް ރައީސް އިބޫ ސޯލިހުގެ ސަރުކާރުން މިދަނީ މިޤައުމު އިންޑިއާގެ އަޅުވެތިކަމަށް ވައްޓާލަމުންނެވެ. މިހާރު ވެސް މިދިވެހި ރާއްޖެ އަށް މިވަނީ ކޮންމެވެސް ވަރަކަށް އިންޑިއާގެ ސެޓެލައިޓް ސްޓޭޓެއްގެ ސިފަ އަންނަން ފަށައިފަ އެވެ. އަޅުގަނޑުމެންގެ ދަރީން ބޮޑެތިވެ ތަސައްރަފް ފުދޭއިރު މިޤައުމަކީ ގެރިއަށް އަޅުކަންކުރާ، މުސްލިމުން މަރާ، ކުޑަކުދިން ރޭޕް ކުރާ، ހައްދުފަހަނަ އަޅާފައިވާ އިންޑިއާގެ އަޅުވެތި ކަމުގައިވާ ސެޓެލައިޓް ސްޓޭޓަކަށް ވާކަށް އަޅުގަނޑުމެން ދިވެހީން ބޭނުންވާ ނަމަ އެއީ ހިތާމަ ހުރި ކަމެކެވެ.
މި ޤައުމު މިހާރު ވެސް މިދަނީ ހުޅަނގާއި ޗައިނާއާއި ދެމެދު ކުރެވޭ ފިނި ހަނގުރާމައިގެ މެދުގައި ފިތެމުންނެވެ. އިންޑިއާއަކީ މިފިނި ހަނގުރާމާގައި ހުޅަނގުން ބޭނުކުރާ ބަފަރ ސްޓޭޓް ނުވަތަ މެދުވެރިޔާ އެވެ. އިންޑިއާގެ އަމާޒަކީ 2030 އަންނަންވާ އިރަށް ޕާކިސްތާން، ބަނގްލަދޭޝް، ޝްރީލަނކާ، ދިވެހިރާއްޖެ، ބޫޓަން، ނޭޕާލް ފަދަ ޤައުމުތައް އިންޑިއާގެ ނުފޫޒުގެ ދަށުގައިވާ ސެޓެލައިޓް ސްޓޭޓްތަކަކަށް ހެދުމެވެ. ބަންގްލަދޭޝްގައި ވެސް ފެންނަނީ މި ސިޔާސީ ގޭމެވެ. ބޮޑުވަޒީރު ޝެއިހް ހަސީނާ އަކީ އިންޑިއާގެ ޕަޕެޓެކެވެ. އިދިކޮޅު ލީޑަރ ހާލިދާ ޒިއާ އާއި، ހާލިދާގެ ކުރީގެ ކެބިނެޓު އެއްކޮށް ވަނީ ޖަލުގަ އެވެ. ދާދި ފަހުން ބޭއްވުނު އިންތިހާބްގައި ހުދްމުހްތާރުކަމާއި މަކަރާއި ހީލަތް ބޭނުންކޮށްގެން ޝެއިހް ހަސީނާ އިންތިހާބް "ވަގަށް ނެގީ" އިންޑިއާގެ އެހީއާއި އެކުއެވެ.
އިނޑިއާގެ ބޮޑުވަޒީރު މޯދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ދިވެހި ބަހުން ޓްވީޓް ކޮށް، "ވަރަށް ބޮޑަށް ޝުކުރިއްޔާ މަނިކުފާނު" އޭ ކިޔައިގެން ދިވެހީން ހެއްދިއަސް ހަޤީގަތަކީ، އިންޑިއާ އިން މިކުޅޭ ސިޔާސީ ގޭމަކީ ގިނަ ދިވެހީންނަށް ރޭކާ ވެސް ނުލާހާ ފުން، ގޮތްނޭނގޭ، ބިޔަ ބޮޑު ގޭމެއް ކަމެވެ. ރޭކާލާ އިރު އޮންނާނީ ވާނެއެތި ވެ ނިމިފަ އެވެ.
ރާއްޖޭގެ ޒުވާން އާބާދީގެ ގިނަ ބަޔަކު އެމްޑީޕީ އަށް ކުރާ ތާއިދުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރައީސް ނަޝީދު އަޑީގައި ހުނަނަވައިގެން، އިންޑިއާއާ އެކު މިހިންގޭ ސިޔާސީ ޖަރީމާ ހުއްޓުވުމަށް ރައީސް މައުމޫނާއި، ޝެއިހް އިމްރާނާއި، ޤާސިމް އިބްރާހިމްއާއި، މަދަނީ ޖަމާއަތްތަކާއި، ދިވެހި ޤައުމުދެކެ ލޯބިވާ ހުރިހާ އެންމެން ތެދުވާން އެބަޖެހެ އެވެ. މިއީ އަޅާނުލާ ތިބެވޭ ވަރުގެ އާދައިގެ ކަމެއް ނޫނެވެ.
ރައީސް ނަޝީދަކީ މިދިވެހި ޤައުމު ތަބަކަކަށް ލާފައި ހުޅަނގަށާއި އިންޑިއާއަށް ދެއްވަން ތައްޔާރަށް ހުންނެވި ބޭފުޅެކެވެ. އެފަދަ ބޭފުޅެއްގެ ދިފާއުގައި، އެފަދަ ބޭފުޅަކަށް ތާއިދު ކޮށްގެން މިދިވެހި ޤައުމުގެ ގިނަ މީހުން ތިބި ތިބުމަކީ މިދިވެހި ޤައުމު ފާލުން ނެއްޓިފައިވާ ކަމުގެ ހެއްކެކެވެ. މިއަދު ވެސް ރާއްޖޭގެ ލޯފާމެއްގެ އިސް ބޭފުޅަކު އަޅުގަނޑަށް ޓެގް ކުރައްވާފައި ޓްވީޓް ކުރައްވާފައި ވަނީ "ޔާމިނުގެ އަޅުވެތިކަމަށް ވުރެ އިންޑިއާގެ އަޅުވެތިކަން ވެސް މާރަނގަޅު" ކަމަށެވެ. ޔާމިނުގެ "އަޅުވެތި ކަން ދިވެހީ ވޯޓަކުން ނިންމުމަކީ އެއަށް ފަހު އިންޑިއާގެ އަޅުވެތިކަމަށް ދާން ޖެހޭ ސަބަބެއް ނޫނެވެ.
ޤައުމުދެކެ ލޯބިވާ އެތައް ހާސް ދިވެހީން، އިންޑިއާ މައްސަލާގައި ކަންބޮޑުވެ، ނުތަނަވަސް ވެފައިވާއިރު، ރައީސް ސޯލިހު މިމައުލޫއަށް ސީދާ އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ހިކުމަތްތެރި ކަން ކަމުގައި ބަޔަކު ދުއްޓަސް އެއީ ޒިއްމާއިން ބަރީއަވުން ކަމުގައި ނުވަތަ ސިޔާސީ ގޮތުން ފިނޑިވުން ކަމުގައިވެސް ބައެއް މީހުން ދެކެއެވެ. ކިތައްމެ ބަނދަރެއް ހެދިއަސް، ކިތައްމެ ނަރުދަމާ އަކާއި ބޯފެނުގެ ނިޒާމެއް ހެދިއަސް، ކިތައްމެ އެއާރޕޯރޓެއް އެޅިއަސް، ކިތައްމެ ވަރަކަށް މުސާރަބޮޑުކޮށް، މަޝްރޫއުތައް ހިންގިއަސް، ކިތައްމެ މާއްދީ ފައިދާތައް ރައްޔިތުންނަށް ދެއްކިއަސް ޤައުމުގެ މިނިވަންކަން ނެތިގެންދާ ފަދަ މަގަކުން ހިނގާ ވެރިކަމީ އިހްލާސްތެރި ވެރިކަމެއް ނޫނެވެ. ބޮޑެތި ހުރިހާ ވިޔަފާރި ވެރީން އިންޑިއާގެ އެސްބީއައި ބޭންކުގެ ލޯނުގެ މަޅީގައި ޖެހި ނިގޫ ފިތިފަ އެވެ. ސިޔާސީ ވެރީން ވެރިކަމަށް އައީ އިންޑިއާއިން ފަންޑްކޮށްގެންނެވެ. މުޅި ޤައުމު މިވަނީ ފައިދިގު މަކުނެއްގެ މަޅީގައި މެއްސެއް ޖެހޭހެން އިންޑިއާގެ މަޅީގައި ޖެހިފަ އެވެ.
ޤައުމުގެ ދިފާއީ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯރސް އާއި، ހާރިޖީ ވަޒީރުގެ ވަޒީފާއަކީ އިންޑިއާ ޕްރޮމޯޓް ކުރުމާއި އިންޑިއާ ދިފާއުކުރުން ކަމުގައިވަނީ ނަމަ މިޤައުމުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ޤައުމެއްވާ ދެން ނެތެވެ. ޤައުމު އޮޔާ ދަނީ އެވެ. މިޤައުމު ސަލާމަތް ކުރާނެ ބަތޮލުން ތެދުވަން ޖެހޭ ވަގުތު މިވަނީ މިހާރު އައިސްފަ އެވެ. ދިވެހި ޤައުމު ޒިންދާބާދު. ﷲ އަކްބަރު!
comment ސުވާ
6 year 2 month ago
ކަނޑުކޮސް އިޔާޒަކަށް ނޭގުނު މި ލިއުމަށް މާޝާﷲ އޭ ބުނާކަށް. ގާމާރުކަމެއްވާ އެބަހުރިނުން. ޑޮކތަރޯ.!
comment އަހްމަދު އަލީ
6 year 2 month ago
"ޓޯ" ގެ ނަމުގައި ކޮމެންޓް ކުރި ބޭފުޅަކީ ރީނދޫ ހުން ޖެހުމުގެ ސަބަބުން ޤައުމީ ލޯބިން މަހުރޫމް ވެފައިވާ މީހެއް ކަމަށް ފެނޭ! ނޫންނަމަ މިހާ ޚައްސާސް މައްސަލައެއްގައި ގައްދާރުންގެ ދިފާއުގައި ވާހަކައެއް ނުދައްކާނެ އެހެން ނޫންތޯ؟ ޤާނޫނު އަސާސީއަށް ކޮއްޅައް އެރި މީހަކުގެ އޮންނާނީ ކޮން ޤައުމީ ލޯތްބެއްތޯ؟ އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ދީފިއްޔާ އަދި ކަންތައް އޮތީ ކުރިޔަށް. ޢެމީހުނައް މަޖިލިސްގެ މެޖޯރިޓީ ނުދެއްވާ!
comment އަލީ މާލެ
6 year 2 month ago
މާތްކަމޯ!. މޮޅު ނޫސްވެރިކަން.
comment ބުރިޓޯ
6 year 2 month ago
ބުސްރީ އައް ބުނަލަން އޮތީ އަދި ތިޔަ ހުރީ ބޮޑު އޮޅުމެއްގަ ކަމަށް ... ވާނުވާ ނޭންގޭ ވާހަކަ ނުދައްކާ މަޑުން ހުރޭ ...
comment ފިލާވަޅު
6 year 2 month ago
ވަރަށް އަސަރު ކުރޭ މިފަދަ ހަގީގަތް އެކުލެވޭ ރިޕޯޓް ކިޔާލެވުނީމަ. ދިވެހިން ވެއްޓިފައިވާ ވަޅުގަނޑުގެ ފުންކަމުން. އެމްޑީޕީ މީހުންނަށް ފަންޑު ކުރި މީހުަންނަށް ވިކި މުޅި ގައުމު އަޅުވެތި ވެގެންދާއިރު ގިނަ ދިވެހިން އެކަމަށް އަޅާނުލާ ތިބޭކަމީ ހައިރާން ކުރުވަނީ ކަމެއް. ރައީސް ޔާމީންގެ އަނިޔާވެރިކަމަށްވުރެ އަޅުވެތިކަމުގަ ލިބޭ އަނިޔާ މާ ބޮޑުވާނެ. އެއީ ތާރީކުން ލިބިފައިވާ ފިލާވަޅެއް.
comment ދިވެހިލޭ ހިނގާ މީހާ
6 year 2 month ago
ކޮސްނުގޮވާ މިގައުމު ހަލަބޮލިނުކޮށް މަޑުންހުރޭ ދަރިޔާ!
comment މމޯޑް
6 year 2 month ago
ﷲގަންދީ ބުނަން އަޅުގަނޑު ޔާމިން ބޭރުކުރަން ވޯޓްދިނީ ވަޒީފާ އަދާކުރާތަން ބަދަލްކުރުމުން. ނަމަވެސް ގައުމުގެ ހައްގުގައި މިފަހަރު މޑޕ އަކަށް މަޖިލިސް އިންތިހާބުގައި ނުދޭނަން ﷲ ގަންދީ ބުނަން
comment ޖަމީލު
6 year 2 month ago
މީ ހަގީގަތް. މާރިޔާމެންނަށް ދައްކަން ވާ ވާހަކައާއި ނުދައްކަން ވާ ވާހަކަ ނޭނގެނީ.
comment ދިވެހިކުއްޖާ
6 year 2 month ago
ޢަހަރެމެން ދެއްކި ވާހަކަ ހަގީގަތަކަށްވެ ނިމެނީ.ގިނަ ދިވެހިންނަކީ އަމިއްލަ ސިކުނޑިން ނުވިސްނާ ބައެއް.
comment މޫސާ
6 year 2 month ago
ތިއީ ހަމަ ޙަޤީޤަތް! މިއީ ކުޅިބަލަން ތިބޭކަހަލަ ކަމެއް ނޫން! ޥަގުތު ފާއިތު ނުވަނީސް ރައްޔިތުން މިކަމާ ކުރިމަތިލާން އެބަޖެހޭ.
comment ޢިޒާ
6 year 2 month ago
ސިޔާސީ ގޮތުން ބަލިވި ދީނީފިކުރު ބޭނުން ނުކުރެވުނު ދެން ގައުމިއްޔަތު ކޮޅަށްޖަހަންށޯ މިވީ. ގައުމު ގެއްލި ދަރާ ވިކުނު އިރުވެސް އޯކޭ. ބަލަ 3 ނޮވެމަބަރ ފަހުން އައިސިފައިންވެސް އެތިބީ މިރާއްޖެ ހިފައިގެންދޯ.
comment ޢަލީ
6 year 2 month ago
އިންޑިއާ ސިފައިން މިގައުމުން ބޭލުމައް ގޮވާލާ މަގުތަކައް ނިކުންނަންޖެހޭ އަދި އިބްރާހިމް މުހައްމަދު ސާިލހް އާއި މާރިޔާ، ޝަހިދު، ފިނޭސްމިނިސްޓަރ އަދި އެމްއެންޑީއެފް ޗީފް އޮފް ސްޓާފް ޝަމާއިލް މަގާމުން އަޒަލް ކުރަން މަގުތަކައް ނިކުންނަން ޖެހޭ މި ގައުމުގެ ތިބި ޚާއިނުން
comment ޑެމޯ
6 year 2 month ago
ތިޔަވާހަކަ އަޑުއަހާަނެ ބަޔަކުުނެތް.
comment ރާއްޖެ އިސްލާމް
6 year 2 month ago
ޢިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގަންބާލަން ހާއިނުން ކުރާ މަސައްކަތާ ދެކޮޅަށް ބުޝްރީ ތިކުރައްވާ ހިއްވަރަށް ހަމަ ސާބަސް. ދެރަކަމަކީ މިކަމާ ދެކޮޅަށް އިސްނަގަން ޖެހޭ ފަރާތްތަކުން އަދިވެސް މިސަރުކާރާ އެކީގަ މަސައްކަތް ކުރެވިދާނެކަމަށް ދެކިގެން ލޮނދި ގަލެއްގެމަތީގަ ތިބޭހެން ތިބޭކަން. އެއްވެސް ބާރެއްނެތި މިނިސްޓަރުކަން ދީފަ މިނިސްޓްރީގެ ތޮށިގަނޑު ބެލަހެއްޓުން ފިޔަވާ އިތުރު ޒިންމާއެއް ނެތްއިރުވެސް އަދިވެސް ތޮށިބޯވާނެކަމަށް ބަލައިގެން ރައްޔިތުން މަތިން ހަދާންނައްތާލައިގެން ދީނާ ގައުމިއްޔަތު ގާދޫކޮލުން ބޭރުވެގެން ދާއިރުވެސް ރައީސަށް ސަނާކިއުމުގައި އެބޭގުޅުން ދަނީ އަވަދިނެތި މަސައްކަތްކުރަމުން މަޖީލީހައް އިބޫ ރިޔާސީ ބަޔާން އިއްވީމަވެސް ޑޮކްޓަރ އިޔާޒް ޓްވީޓް ކޮއްފަ މިވިދާޅުވަނީ "މާޝާ ﷲ ހާދަފުރިހަމަ ރިޔާސީ ބަޔާނެކޭ" މިހެން ކިޔައިގެން އިބޫއަށް ހުޝާމަދު ކުރާއިރު އިޔާޒު މެންނަކަށް ނޭގޭ އިބޫ އާ އަންނި މިފަދަ ކޮއްމެ ހުޝާމަދުކުރުމަކަށް ޖޯކްޖަހާ މަލާމާތްކޮއް ހެމުންގެންދާކަމެއް. ޔަގީންވާކަމަކީ އިޔާޒުމެން އިމްރާނުމެން އެގޮތަށް ތިއްބަސް މި ޤައުމްގެ ދީނާ ގައުމް ސަލާމަތް ކުރުމަށް ބަޔަކު
comment ކައުންސެލަރު
6 year 2 month ago
ސާބަހޭ ބުޝްރީ. ޤައުމުދެކެލޯބިވާ ދަރިންނަކީތީ. މޑޕގެ ކެހިވެރިމަޅީގައިޖެހި ދިވެހިން ހަލާކުވަނީ. ބުޝްރީ ފަދައިން ޤައުމުދެކެލޯބިވާދަރިއެއް މިވެސް. ޤައުމަށް ދެރަގޮތެއް މިންވަރު ނުކުރައްވާށި.! މޑޕ ގެ ހީލަތްތެރި މަޅިން ރައީސް މައުމޫނާއި ޤާސިމް އިބްރާހީމާއި ޝައިޚް އިމްރާން ސަލާމަތް ކުރައްވާ ހެޔޮވިސްނުން ދެއްވާށި. މޑޕ ގެ ވެރިން ސިޔާސީގޮތުން ބަލިކުރައްވާށި. އާމީން!
comment އައްޔު
6 year 2 month ago
ލިޔުންތެރިޔާއަށް ޝުކުރުދަންނަވަން ދިވެހިންނޭ ވިސްނާ ބަޔަކަށް ތާއީދުކުރުމަކީ ތިމަތިމާމެންގެ ޒިންމާއިން ބަރީއަވުމެއްވެސް ނޫން ހަޤީޤަތަކީކޮބައިކަން ތިމާގެ ބުއްދީގެ ނަޒަރިއްޔާތުންވިސްނާ ހޯދުން
comment ގުނަން
6 year 2 month ago
ވަރަށް ފެންވަރު ދަށް ލިޔުމެއް..ސަން އޮންލައިންގައި މިކަހަލަ ލިޔުންތައް ޝާއިއު ކުރާތީ ލަދުގަނޭ...ރާއްޖޭގައި ވަކިކޮޅަކަށް ޖެހިފައިވާ ނޫސްތަކުގަ ޖަހާކަހަލަ ތާކުން ތާކުނުޖެހޭ ލިޔުމެއް....
comment ނަސީދު
6 year 2 month ago
ތިވާހަކަތައް ދެއްކުމުގެ ބޭނުމެއްނެތް މިދިވެހިންނައް ކަންތައް ވިއްސްނޭނީ އަބަދުވެސް ވަގުތު ފާއިތުވީމާ ދެންތިބޭނެ ރާކަނިމަސް ކެވިފައި މަވެސް އޭގެމީހެއް
comment ރިޕަބްލިކް އޮފް އިންޑިމޯލް
6 year 2 month ago
ލޯބިވާ ވަތަން އިންޑިޔާގެ ހިންދޫންގެ ވަކިތަކުން ސަލާމަތް ކުރުން އެއީ ދިވެހިކޮންމެ ދަރިއެއްގެ ވާޖިބެކެވެ. އީބޫ ސޯލިހު އަށް ދަންނަވާލަންބޭނުން ވަނީ އިންޑިޔާ ސިފައިން ދުއްވާ ދަގަޑު ބާ ހެލިކެޕްޓަރާ ސިފައިން ބާލާށެވެ. ކުރީގަ ބޭނުންކުރާ، މިހާރު ގިނަ ގައުމު ތަކުން ބޭނުން ނުކުރާ ޑޯނިއާ މަތިންދާ ބޯޓެއް ދިވެހިންނަށް ގަނެވިދާނެ އެވެ. ކުރިންވެސް އޮތް ޑިޕްލޮމެޓިކް ގުޅުން ބާއްވާށެވެ. ދިވެހިންގެ ތެރެއިން މަދުބަޔަކު ނުކުމެވެސް ގައުމަށްޓަކައި ގުރުބާން ވެދާނެ އެވެ. ރީތި ގޮތުގަ 5 އަހަރުގެ ދައުރު އަދާކުރަން ބޭނުންނަމަ މިކަން ދަންނާށެވެ. ސަރުކާރުގެ ދެތިން މީހަކު އިންޑިޔާ ސިފައިން މިގައުމުގަ ތިބެން ބޭނުން ވިޔަސް، މެޖޯރިޓީ ދިވެހިން އެގޮތް ބޭނުމެއް ނުވެއެވެ.
comment ސާއލާ
6 year 2 month ago
މާރިޔާގެ ކަންތަކާއި ހެދި ބުޝްރީގެ އާރޓިކަލް އަކަށް އިންތިޒާރުކުރާތާ ދުވަސްކޮޅެއްވެއްޖެ. ﷲގަންދީ ބުނަން އަޅުގަނޑު ޔާމިން ބޭރުކުރަން ވޯޓްދިނީ ވަޒީފާ އަދާކުރާތަން ބަދަލްކުރުމުން. ނަމަވެސް ގައުމުގެ ހައްގުގައި މިފަހަރު މޑޕ އަކަށް މަޖިލިސް އިންތިހާބުގައި ނުދޭނަން ﷲ ގަންދީ ބުނަން
comment ހައްޤު
6 year 2 month ago
ކެޔޮނިރު ތިޔަވިދާޅުވަނީ ވަރަށް ތެދުވަހަކައެއް. ބައެއްމީހުންނަކީ މަސައްކަތެއްނުކޮށް ފަސޭހައިން ލާރިހޯދުމަށް ފައިސާއަށް ނަފުސުވިއްކާބައެއް. ޢެމްޑީޕިގެ އިސްމީހުންނަކީ މިފަދަބައެއް އޭގެތެރެއިން ނަޝީދުއާއި އިބޫ އެތިބީ ހައްދުފަހަނައަޅާފަ އިންޑިޔާއަށް ވިކިހުސްވެފަ. ޤައުމުވެސް ނުއަގުގަ ވިއްކާލީ.
comment ރެކިފުތާ
6 year 2 month ago
ކަމުގެ ހަގީގަތް ނުބަލައި ފާޑުފާޑުގެ ވާހަކަ ނުލިއުއްވާ. މި ގައުމު އޮތީ ޗައިނާގެ އަޅުވެތިކަމަށްވެއްޓިފައި. ޢަދި މި ރާއްޖޭގެ ކަނޑު ސަރަހައްދު އޮތީ ވަގުވިޔަފާރި ކުރުމަށް ހުޅުވާލެފައި. ނުރައްކާތެރި ހަތިޔާރާ، ތެލުގެ ވަގުވިޔަފާރިއާ، ޑްރަގް ވިޔަފާރި ކުރުމަށް މުލުވަގަށް ދިޔައީ ބޭރުގެ ފަރާތްތަކުން ބައިއަޅަމުން. މިހެން އޮތްކަމެއް ހުއްޓުވާލީމާ އިންޑިއާއިން ރާއްޖެ އަޅުވެތި ކުރަން އުޅެނީއޭ ކިޔަސް ރައްޔިތުން ގަބޫލެއްނުކުރާނެ.
comment ހަލީމް
6 year 2 month ago
ސާބަސް ދަރިޔާ،ތީ އސްލު ހަޤީގަތަކީ،ހުސް ގައދާރުން
comment ދިވެހިދ
6 year 2 month ago
ﷲ ދުޢާކުރޭ މި ބައިގަނޑަށް މަޖިލީހަށް ނުހޮވޭތޯ. ސުޕްރިމްކޯޓުން އަންނި ހުދުފޮތިކޮޅަކަށް ހަދާފައި ދޫކޮށްލުމަކީ ވ.ބޮޑު ގޯހެއް. ކޮންމެވެސް އަދަބެއް އަންނަންޖެހޭ.
comment ަދުރު މޮހޮދޭ
6 year 2 month ago
ބުޝްރީ ކަލޭއާ އަލްހާން އަާއި އުމަރު ނަސީރު ޕާރޓީއެއް ހަދަން ފެނޭ.
comment ދޮން ކަލޯ.
6 year 2 month ago
ވާހަކަ ވަރަށްވެސް ނަލަ އަދި ރިވެތި. ނަމަވެސް، ޙަޤީޤަތް ތަފާތު. އިންޑިޔާއިން މި ގައުމަށް ވެރިވެގަނެ ހިންގި ކަމެއް ނުބުނެވުދެވުނު. މި ގައުމުގެ ކޮންމެ ދިމާލެއްގައި ހަރަކާތްތެރިވަނީ އިންޑިޔާ މީހުން. ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، ރާނާ މީހުން، ސިމެންތި ޖަހާމީހުން، ކުނި އުކާމީހުން، ޕައިލެޓުން، އިންޖިނޭރުން، އޮޑިޓަރުން، ސެކިއުރިޓީ އޮފިސަރުން، އެކައުންޓަންޓުން، އައިޓީ ސްޕެޝަލިސްޓުން މިހެން ކިޔާނެ ކަމެއްނެތް. މި ނޫސްވެރިޔާއަށް ކަންބޮޑުވީ މި ހެލިކޮޕްޓަރާއި މި ޑޯން އެއަރ އިން ބަލިމީހުން އުފުލާތީ. އައްޑު އަތޮޅުގެ ހާލު ދެރަވެގެން ތުއްތުކުއްުޖަކު ދާދި ފަހުން މާލެ ގެނައީ ތި ހެލިކޮޕްޓަރުގައި. ރާއްޖެ އަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެންމެ ފުރަތަމަ އެހީވާ ގައުމަކީ އިންޑިޔާ. ކާޑުގެ ބާވަތްތަކާއި، ދަނޑުގޮވާމުގެ ބާވަތްތަކާއި، އިމާރާތް ކުރުމަށްބޭނުންވާ ހުރިހާ ތަކެއްޗަކާއި، ކާބޯތަކެތީގެ ގިނަ ތަކެތި ތި އިންޑިޔާއިން ރާއްޖެ ގެންނަންޖެހޭ. ބޭސް ފަރުވާއަށް ދާން މިޖެހެނީ އިންޑިޔާއަށް. އެކަމަކު އިންޑިޔާ މީހުން މިގޯސްވަނީ. ކީކޭ ބުނާނީ.
comment ގައުލް
6 year 2 month ago
އަމިއްލަ އެދުން ބޮޑުކަމުން ވިސްނާނެ ބަޔަކުނެތް. ކެނެރިގެ ނަސީދުގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި. އާމީން
comment ާއ.ސ
6 year 2 month ago
މާރިޔާދީީދީ ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލަން.
comment ދިދަ
6 year 2 month ago
އެކަމަކު އިބޫ ސޯލިހު އެންމެ ފޯނުކޯލެއް ކޮއްލާއިރަށް ބުޝްރީ ވެސް ބެނެފިޓް އޮފް ދި ޑައުޓު ދިނީ އިބޫއަށް ނޫންތޯ. އެމްޑީޕީ ވެރިކަމަށް އައުމުގެކުރިން އައްޑޫގެ ރަށްތައް ފާލަންތަކަކުން ގުޅާލާނެކަމަށް ބުނެ ޕްރަމޯޓުކުރީވެސް ބުޝްރީ ނޫންތޯ. ދެން މިއަދު ކީކޭތޯ ތިވިދާޅުވަނީ؟ ބުޝްރީކަހަލަ ދިވެހިންގެ ސިކުނޑި އެންމެ ފޯނުކޯލަކުން މުށުތެރެއަށް ލެވެންޏާ ދެން އެހެންދިވެހިންގެ ވާހަކަދައްކާނެކަމެއް ނެތެއްނޫންތޯ.
comment މޮހޮނު
6 year 2 month ago
ބުޝްރީ އަށް އައްސަރިބަހާ ސާބަސް ހިތުގެ އެންމެ ފުންމިނުންދަންނަވަން. ތިޔަކުރައްވަނީ ވަރުގަދަ ޖިހާދެއް. ތިޔަމަސައްކަތުގައި ކުރިއަށް ވަޑައިގަންނާ ﷲ ތިބާގެ މަސައްކަތުގައި ބަރަކާތް ލަަައްވަ ތިބާޔަށް ހެޔޮރަހުމަތް މިންވަރު ކުރައްވާށި. ދިވެހި ޤައުމު ޚާއިނުންގެ ކިބައިން ސަލާމަތް ކުރައްވާ ދިވެހިންނަށް ހެޔޮވިސްނުން މިންވަރު ކުރައްވާށި. آمين يارب العالمين.
comment ތަކުރު
6 year 2 month ago
އުމަރާ ހިނގާ އަވަހަށް ނުކުންނަން
comment މާލެ
6 year 2 month ago
ޝުކުރިއްޔާ ބުޝްރީ ތި ކުރާ ހިއްވަރަށް
comment ވިސްނާލާ
6 year 2 month ago
ހަމަހަގީގަތުގަބުނާތެދެމީ ހިތުގެއަޑިން ބުޝްރީ ﷲގެހެޔޮރަހުމަތަށް އެދެވުނު މިލިޔުންކިޔާލާފަ. މިގައުމު ވެރިކަމުގެ ދަހިވެތިކަމުގަ އިންޑިޔާއިން ފަންޑްހޯދާ މަޖުލިސްމެމްބަރުން މަޅީގަޖެއްސީ މައުމޫނުއިސްވެހުރެ. ގައުމަށް އިންޑިޔާގެ އަސްކަރިއްޔާ ފޮނުވައިގެންވިޔަސް ވެރިކަން ބަދަލުކުރަން ގޮވީ ކުރީގެ ނައިބުރައީސް ޖަމީލާ ރނަޝީދުއާ މޑޕގެ އިސްވެރިން އިމްރާނުމެން ސިއްރުން އިންޑިޔާގެ އިސްވެރިންނާ ބައްދަލުކޮށް އެއްބަސްވުންގާއިމުކުރީ ގާސިމުގެ ވިޔަފާރި ހިމާޔަތްކުރަން މިހުރިހާމީހުންގެ އިސްމީހަކަށްވެގެން މިވެރިކަން ގެނައީ. ދިވެހި ތާރީހައްޓަކާ މިކަމުގެ އަސްލުއޮޅުވާނުލާ ނޫސްވެރިން ގެނެސްދޭންޖެހޭ. މިއަދުވެސް މިވެރިކަން ބަދަލުކޮށް އިންޑިޔާގެ އަޅުވެތިކަމުން ސަލަމަތްކުރުމުގެ ފުރުސަތުލިބިފަ އޮވެމެ އެކަންކުރަންނުކެރި ސަރުކާރަށް އެއްބާރުލުންދީގެން މިއެއްމެންމިތިބީ ސަބަބެނެތިއެއްނޫން. ގާސިމުގެ އަރިސްބައެއްމީހުންގެ ޒާތީ ހަސަދަވެރިކަމެ ރޔާމީނާމެދު އޮންނައޮތުން ގާސިމު ހިސޯރުވެފަހުރެގެން މިގައުމު ސަލާމަތްނުވާނެ. ދިވެހި އަސްކަރިއްޔާއަށް ތެދުވެރިކާއެކު ޙިދުމަތްކޮށް ވަކިވެފަތިބި ސިފައިން ތެދުވެ އަޑުއުފުލަންވީ ވަގުތުމީ އަޅުވެތިކަމާދެކޮޅަށް. ތިބޭފުޅުން ދިފާއުކުރި ގައުމު އަޅުވެތިވަނީ ތިބޭފުޅުންގެކުރިމަތީގަ. ގައުމައްޓަލާ އިއްޔެ އައްޑަނައެއްކަމުގަ ތިބޭފުޅުންދިއްކުރި މޭ މިއަދު މާބޮޑަށްދިއްކުރަންވީ ވަގުތަކީމީ. އެފަދަ ހުރިހާ ސިފައިން ސިޔާސީކުލަ އެއްފަރާތްކޮއްފަ އިސްލާމްދީނާ ދިވެހި ގައުމައްޓަކާ
comment ރަފީގު
6 year 2 month ago
ބުޝްރީ އާއި އުމަރު ނަސީރާ މިއީ އެއްފާޑުގެ ދެމީހުން. ނަޝީދާއި އަޅައިގަނެގެން ނެއްޓެން ނޭގިފަ. އެހެން މީހަކު ވަރިހަމަވާނެ ގައުމު ކައި ހުސްކޮށް، ބޭރުގެ ގައުމަކުން ދަރަނި ނަގާ ބޯނުހިކޭ ވަރުކޮށްފައި އޮތަސް. ހަމަ އިދިކޮޅަށް ބުނާނެ އެއްވެސް އެއްޗެއް ނޯންނާނެ. ތިބޭނީ ފިލާ ހޮރުހޮރުގައި، އެމްޑީޕީ މީހުން އެތައް އަނިޔާއެއް ލިބި ގައުމު ސަލާމަތް ކުރީމާ ދެން ތިބޭ ހޮރުތަކުން ނުކުމެ އަގަފަޅާފައި.
comment އަލީބަލީ
6 year 2 month ago
މިއީ ދެން އަޅޭ ކޮންފަދަ ކަމެއްތޯ؟ ޔާމީނުގެ 5 އަހަރު ހިންގި އެއްވެސް ޖަރީމާއަކަށް ޗުއްޕުވެސް ބުނެނުލާ ހުރެފާ މިހާރު ހީވަނީ އެހެން ފަދަ ކަމެއްހެން. ރާއްޖޭގައި އިންޑިއާއިން މިވެރިކަން ފެށުނު ފަހުން އަލަށް ހިންގި އެންމެ ކަމެއްވެސް އަދި ނެތް. ހެލިކޮޕްޓަރުތައް ހުންނަތާ 7 އަހަރު ވެއްޖެ. 3 ރާޑަރު ހަރުކޮށްފައި ހުންނަތާ 6 އަހަރު ވެއްޖެ. ބާކީ 7 ރާޑަރު ހަރުކުރާތީތޯ އެހާ ބޮޑު ނުރައްކަލަކަށްވީ؟ އެއީ ދިވެހި ސިފައިން އޮޕަރޭޓު ކުރާ އެއްޗެއް!