މިދިވެހި ދައުލަތުގެ ވެރިމީހާ މިހާރު ވާންޖެހެނީ ރައްޔިތުންދެކެ ބިރުނުގަންނަ ވެރިއަކަށެވެ! ނަމަވެސް ﷲ އަށް ބިރުވެތިވާ ވެރިއަކަށެވެ. އިސްލާމީ ޝަރިއަތާއި، ދިވެހި ގާނޫނު އަސާސީއާ އެއްގޮތަށް، އަދުލު އިންސާފު ގާއިމްކޮށް، ކޮރަޕްޝަން ނެތި، ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު ހިދުމަތްދެވޭ ނަމަ ރައްޔިތުންގެތެރެއިން ބަޔަކު އަދި ކޮންމެއެއްޗެކޭ ކިއަސް ވެރިމީހާ ޖެހިލުންވާކަށް ނުޖެހެ އެވެ. ރައްޔިތުންދެކެ އެގޮތަށް ޖެހިލުންވެ، ބިރުގަންނަން ވެއްޖެ ނަމަ ވެރިކަން ކުރެވޭނީ މަހަކު އެއްފަހަރު ހޭރިޔާކޮށްގެން، މިސްރާބު ބަދަލު ކުރަމުންނެވެ. އެއިރުން ތަރައްގީގެ ލަނޑުދަނޑިތަކަށް ހާސިލް ވެވޭނީ ނުހަނު ލަހުންނެވެ.
ޓެކްސީ ޑްރައިވަރުންގެ ގަވާއިދުގައިވާ ގޮތުން ދަތުރެއްގައި ދަމުން އިތުރު ފަސިންޖަރަކު އެރުވުމަކީ މަނާ ކަމެކެވެ. ނަމަވެސް މާލޭގައި މިހާރު މިއީ އާއްމު ކަމެކެވެ. ފުރަތަމަ ފަސިންޖަރު އެކަމާ ޝަކުވާކޮށްފި ނަމަ ޑްރައިވަރު ރުޅިގަދަވެފައި އެފަސިންޖަރު މީހާ ކާރުން ބާލަ އެވެ. މާލެއިން ހުޅުމާލެއަށް ޓެކްސީގައި ދަތުރުކުރަނީ ގަވާއިދާ ހިލާފަށް، އެޑްރައިވަރަކު އެވަގުތަކު ހިތަށް އެރި އަގަކަށެވެ. ފަސިންޖަރު މީހާ މައްސަލަ ޖައްސައިފި ނަމަ ވަގުތުން ޓެކްސީ ހުއަޓާފަ ކާރުން ބާލައެވެ. އަދި ހަޑި ބަހުރުވައިން މުއާމަލާތް ކުރެއެވެ. މިމައްސަލަ ހައްލުކުރަން ޓްރާންސްޕޯރޓް މިނިސްޓަރު ޓެކްސީ ޑްރައިވަރުންނާ ބައްދަލު ކުރެއްވުމުން މިނިސްޓަރާ ދިމާއަށް ވެސް ޑްރައިވަރުން ހެއްދެވި ނުހެއްދެވިއަށް ގޮވައި، އަޑުގަދަކޮށް ހެދިއެވެ. މާލޭގެ ޓެކްސީ ޑްރައިވަރުންނަކީ މިހާރު އަމިއްލަ ގާނޫނެއް އޮތް، ގާނޫނާއި ރައްޔިތުންގެ މަތީންވެސް އަރައިތިބި މާ މަތީ ބައެއް ފަދައެވެ. މިނިސްޓަރު ވެސް އަދި ރައީސް ވެސް މިމީހުންދެކެ މާބިރެއްގަންނަ ކަހަލައެވެ.
މާލޭ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުންނަކީ މިހާރު ވަކި ދައުލަތެއްފަދައެވެ. އެމީހުން ނަގާނެ އަގެއް އެގެނީ އެމީހުންނަށެވެ. ފަސިންޖަރުންނަށް ބިރުދައްކާފައި، ހިތުހުރި އެއްޗެއް ގޮވާފައި، އެކަކަށްވުރެ ގިނަމީހުން އެއްދަތުރެއްގައި ކާރަށް އަރުވާފައި، ފަސިންޖަރަކު އިންނަމަ ރަތްބޯޑު ދިއްލަން ގަވާއިދުގައި އޮތަސް ރަތްބޯޑު ނުދިއްލާފައި، "ރައުޑީ" ޑްރައިވަރުން އުޅެނީ ގޭންގެއްގެ މިސާލުގައެވެ. ރައްޔިތުންނާއި، މިނިސްޓަރުންނާއި ދިވެހި ސަރުކާރު ވެސް ތިބެން މިޖެހެނީ މިމީހުންދެކެ ބިރުން ތުރުތުރު އަޅައަޅައެވެ.
ސަރުކާރުގެ "ގަޓް" ހުރި ނަމަ މިހާރު ކުރަންޖެހޭ ކަމަކީ މާލެ އާއި ހުޅުމާލެއާ ދެމެދު ހިމެނޭ ގޮތަށް މުޅި މާލެތެރޭގައި ވެސް ދަތުރުކުރާ ގޮތަށް މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުން، ނުވަތަ އެމްޓީސީސީ އިން ޓެކްސީ ސެންޓަރެއް ހަދައިގެން އެއްކަހަލަ ކުދި ކާރު ތަކެއްގައި، އިންޑިއާގެ "އޮލޭ" ޓެކްސީ ކަހަލަ ސްމާރޓް ޓެކްސީ ހިދުމަތްދޭން ފަށަންވީއެވެ. ހައްދުފަހަނައަޅާފައިތިބި، އަދަބެއް ސަދަބެއްނެތް ޑްރައިވަރުން ތަކެއްގެ ދަށުވެގެން މުޅި ސަރުކާރާއި، ދިވެހި ރައްޔިތުން ތިބޭކަށް ނުޖެހެއެވެ.
މާލޭގެ ބައެއް ޓެކްސީތަކުގެ ފެންވަރު ވެސް އެހާ ދަށެވެ. އެފަދަ ޓެކްސީތަކަށް ރޯޑްވާދިނެސް ލިބޭގޮތެއްވެސް ނޭގެ އެވެ. ކާރުގެ ސީޓު ބާވެގެންގޮސް ލެދަރގަނޑު ފޫދިޔައިމަ ސީޓުމަތީގަ އަޅާލަނީ މިލަ ރަޖާގަނޑެކެވެ. ވިއްސާރަވެއްޖެ ނަމަ އެ ރަޖާގަނޑުން ދުވާނީ ތަތްމުޑުވަހެވެ. ކާރުގެ ޝޮކުތައް ގޮވާފައެވެ. އިންޖީނު ރޫރޫ އަޅާވަރުން ފަސިންޖަރު މީހާ އިންނަންޖެހެނީ ތެޅިތެޅި އެވެ.
ޓެކްސީ ޑްރައިވަރުން ބޭނުންހާ ގޮތަކަށް އަގުތައް ކަނޑައަޅައި، ސަރުކާރަށް ބިރުދައްކައިގެން، ޑްރައިވަރުންދެކެ ސަރުކާރު ބިރުގަންނަން ވެއްޖެނަމަ އޭގެ ގެއްލުން ލިބޭނީ ރައްޔިތުންނަށެވެ. ވީމާ "ރައުޑީ" ޑްރައިވަރުންގެ ކިބައިން ރައްޔިތުން ސަލާމަތްވާނެ ފަދަ ގޮތަކަށް ޓެކްސީގެ ގަވާއިދު ބަދަލުކޮށް، މަތީގައިވާފަދަ ގޮތަކަށް ޓެކްސީ އާއި މިނީބަހުގެ ހިދުމަތް މާލެ އާއި ހުޅުމާލޭ ސަރަހައްދަށް ތައާރަފް ކުރުމަކީ މިކަމުގެ ހަމައެކަނި ހައްލެވެ. ޓެކްސީ ޑްރައިވަރުން ބިރުދައްކާލާ އިރަށް ސަރުކާރުން އެމީހުންގެ ދަށުވާ ނަމަ ދެންފެންނާނީ އެހެން ދާއިރާތަކުގެ މީހުން ވެސް ނިކުމެ ސަރުކާރާއި ރައްޔިތުންނަށް ބިރުދައްކަން ފަށާތަނެވެ. ވީމާ ކުރިމަގުގެ ހަމަޖެހުމަށްޓަކައި މި ރައުޑީ ޑްރައިވަރުންގެ ކިބައިން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދިނުމަކީ އަދުގެ ސަރުކާރުގެ ވާޖިބެކެވެ.
comment ކޮއިފުޅު
6 year 3 month ago
އިކޮނޮމިކް މިނިސްޓާރ ނުކުމެ ރައުޑީވިޔަފާރިވެރިން ވިއްކާ މުދަލުގެ އަގު ކޮންޓްރޯލް ކޮށް ކުޑަކޮށްބަލަ
comment ހަޤީގަތް
6 year 3 month ago
ބުޝްރީ 2 ޑޮލަރަށް ބެންކޮކުން ގަންނަ ޓީޝާޓް 600 ރުފިޔާއަށް ވިއްކާ ތިޔަކަހަލަ ރައުޑީ ވިޔަފާރިވެރިން މިޤައުމުގަ ތަކެތި އަގުބޮޑުކުރަނީ އެވާހަކަ ލިޔެބަލަ. ތިމާ ކަންކަން ކުރާގޮތް ބާއްވާފަ އަނެކާ ކަންކަން ކުރާގޮތް ތިމާއަށް ފެންނާނީ. ކަނޑުމަގުން ރަށަށް ދަތުރު ނުކޮށް 1800 ދީގެން ވައިގެ މަގުން ތިދަނީ ކީއްވެ. މުދާހޯދަން 400 ޑޮލަރަށް ބެންކޮކަށް ތިދަނީ ކީއްވެ. ގޮސް ފައިވް ސްޓާރ ހޮޓަލުގައި ހުންނަނީ ކީއްވެ. 10ރުފިޔާއަށް މާލޭގަ ތިބެފަ އެއަރޕޯޓަށް ދާއިރު އަތޮޅުތެރޭގަ އެއަރޕޯޓާށް ދާން ހާހުން ޚާރަދު ކުރަންޖެހެނީ ކީއްވެ.
comment ރައްޔިތު
6 year 3 month ago
ތިވެސް ބޮޑު ވަބާއެއް. ހަމަ ތިހެން ވެގެން ދަނީވެސް މާލޭގައި އުޅޭ ނިކަމެތި މީހާ ފައިސާ ހޯދާނެ ގޮތެއްނެތީމަ. ހުރިހާ ކަމެއް ހުއްޓާލާފަ މާލޭގެ ގެތަކުގެ ކުލި ކޮންޓުރޯލް ކުރަން ނުކުމޭ އެންމެން މަގު މައްޗަށް.
comment ތުނިޔަ
6 year 3 month ago
ސަޅި ލިޔުމެއް! އަސްލުވެސް ވަރަށް ގޮތްކުޑަ ބައެއް ޑްރައިވަރުންނަކީ!
comment ޙގސސނ
6 year 3 month ago
ކާރެއް ހޯދަން އުޅެން ޖެހާ ހާލު. ހައްލަކީ ހަަމަ ޕަބްލިކް ޓްރާންޕޯޓް. ސައިކަލު ޓެކްސީ ގިނަ ކުރަންވީ. މިނީބަސް އަދި ކުދި ޕިކަޕްވެސް ޓެކްސީ ކުރަންވީ. މިތާ އެކނި ތެކްސީއަށް ސަލާން ޖަހަން ޖެހެނީ. ޓްރާންސްޕޯޓަށް މިކަންވާނެ.
comment ކާރު ގަސް
6 year 3 month ago
މިގައުމުގައި ސަރުކާރުގަނެއް ޓެކްސީކުރާނެ ކާރު ދީގެން އެ ހިދުމަތް ދެވޭނެ ފެންވަރެއް އެހެން ވީމަ3 ލައްކަ4ލަކަރުފިޔާއަށް އަމިއްލަ އަށްވެސް ކާރު ގަނެ ގެން ޓެކްސީ ކުރަނި
comment ޒަވިޔަނި
6 year 3 month ago
ޔާމީނުފަދަ ވެރިޔަކަށް ކަންކަން ހަމަޔަކަށް އެޅުވޭނީ. ވެރިކަން ގެެއްލިދާނެތީ އެންމެން ބޭނުންހާ ގޮތަކަށް ދީލާލައިގެން ޤައުމެއް ހަމަޔަކަށް ނޭޅެނެ.
comment ކާރު ގަސް
6 year 3 month ago
ރާއްޖޭގައި ޓެކްސީ ކުރާ ކާރަކީ ސަރުކާރުން ބަޔަކު މީހުން ނަށް ބަހާފަ ހުރި އެއްޗެއް ތަ ނޫނީ ނޫނީ 25ރ ދީދަ ކާރަށް އަރާ އަތުގަ ހުރި ބާރެއް ލާފައި ދޮރު ޖަހާ މީހާ އާއިލާ އެއްޗެއްތަ މީ ވަރަށް ވާހަކަ
comment މުހައްމަދު
6 year 3 month ago
އަސްލު ހަދަންވީ ގޮތަކީ ޓެކްސީ ބޮއިކޮޓް ކުރަންވީ ޕަބްލިކް ޓްރަންސްޕޯރޓް ބޭނުންކުރަންވީ ސައިކަލް ޓެކްސީ ވެސް ގިނައިން ބޭނުންކުރަންވީ އެމީހުންގެ އެކަނިނުން ހަރަދުބޮޑުވެގެން އުޅެނީ ފައިސާ ދައްކާމީހާވެސް އެކަންތަށްތަށް ތަހަންމަލް ކުރަންޖެހޭ
comment ތުއްތުސިއްތި
6 year 3 month ago
ހަމަ ވަރަށް ތާއީދު ކުރެވޭ ރަނގަޅު ވާހަކަތަކެއް ތިޔަފަދަ ޚިދުމަތްތަކެއް ފަށާނެ ދުވަހަކަށް ވަރައް އިންތިޒާރު ކުރެވޭ ބޭނުމެއްނުން އެހެން އެއްވެސް އޮޕްޝަނެއްއޮތަސް ތިޔައިން ޓެކްސީއަކަށް އަރާކަށް އިރާދަފުޅުން އަދި ހުޅުމާލެއާއި މާލެއާދެމެދު ދަތުރެއްކުރާކަށް ޓެކްސީއަކަށް ނާރަން އެކަމަކު ހަފްތާއަކު 3 ހަތަރު ދަތުރު ހުޅުމާލެއަށް ކުރަން ބަހުގަ
comment ލިއަމްސި
6 year 3 month ago
ޢަދުރޭ އަހަންނަށް ބުނެދީބަ 10 ރ އަށް ދޮންކެޔޮވަކެއްބލިބެންހުރި މާރުކޭޓު ގޮޅިއެއް؟!
comment ވަލުކޮތަރު
6 year 3 month ago
ސަރުކާރަށް ބޯލަބަށްވެސް ނޭގޭ ބައެއްތީ. ހަމަ "ރައުޑީ"ކިޔަންވީ. މީ ދެން މާބޮޑަށް ރީދޫހުން ޖެހިފައި ތިބޭ ބައެކޯ ކިޔާއަޑުއިވޭ.
comment ތަރުޖަމާނު
6 year 3 month ago
ސާބަހޭ .ތީއޭ ނޫސްވެރިކަމަކީ. ވަރަށް ރަގަޅު ހައްލެއް ތިއީ. އަވަހަށް ތިބުނާ ކުދި ޓެކްސީތައް ގެނެސް ރައްޔިތުންނަށް ހިދުމަތްދޭން ފަށަންވީ. މިހާރުވެސް މާ ލަސްވެއްޖެ. ޢަވަސްކުރޭ.!
comment އެލެކްސަ
6 year 3 month ago
މިނިސްޓަރަށް އަދިވެސް މިކަން ވާނެ. ހަމަ ހަރުކަށިވެލަންވީ
comment ާއައިސް
6 year 3 month ago
މިމީހުން ހަމަމަގަށް އެޅުވޭނެ ވަރުގެ ވެރިޔެއް އެބަ ބަެނުންވޭ.
comment ޟޫރަ
6 year 3 month ago
ސަޅި އައިޑިޔާއެއް.
comment އަދުރޭ
6 year 3 month ago
ކަލޭމެންގެ ކަމަކީ ރައްޔިތުން މެދުގަ ފިތުނަ ފަސާދަ އުފެއްދުންތަ ނޫސްވެރިކަމޭ ކިޔައިގެން ބުޝްރީ. މާރުކޭޓަށް ގޮސް 10 ރުފިޔާ އަށް ދޮންކެޔޮވަކެއް ގަންނަން ލިބޭ ވާހަކަވެސް ޖަހާލާ.