މާދަރީ ބަހުގެ ދުވަހާ ގުޅިގެން ބޭނުންކުރާނެ މައި ޓެގަކަށް #ވެހިބަސް ކަނޑައަޅައިފި

އޭޕްރިލް 16، 2015: ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން – ސަންފޮޓޯ/ އަލީ ނަސީރު

މި އަހަރުގެ މާދަރީބަހުގެ ދުވަހާ ގުޅިގެން ބޭނުންކުރާނެ މައިގަނޑު ހޭޝްޓެގެއްގެ ގޮތުގައި ދިވެހި ބަހުގެ އެކެޑަމީއިން #ވެހިބަސް ކަނޑައަޅައިފި އެވެ.

ބަހުގެ އެކެޑަމީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ޔުނެސްކޯ އިން މި އަހަރު ފާހަގަ ކުރަނީ ވެހިބަސް އަހަރުގެ ގޮތުގައި ކަމަށެވެ.

"ވެހި ބަސްބަހަކީ މާނަވީ ތަރިކައިގެ މުހިންމު ބަހާއެކެވެ. މިހެންވުމުން މި އަހަރުގެ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ޝިއާރު އަމާޒުކޮށްފައި ވަނީ ވެހިބަސްބަހުގެ މައްޗަށެވެ. ވެހިބަސް އާލާކޮށް ދިރުވައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމާއި މުޖުތަމައުގެ ސުލްހަ މަސަލަސްކަން ހިފެހެއްޓުމާއި ގައުމީ ތަރައްގީގައި އެފަދަ ބަސްބަހުގެ މުހިންމުކަން ބޮޑުކަމުގެ މައްޗަށެވެ." އެކެޑަމީގެ ބަޔާނުގައިވެ އެވެ.

ބަހުގެ އެކެޑަމީއިން ބުނީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި #ވެހިބަސް، މައިގަނޑު ހޭޝްޓެގްްއެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް ދިވެހި އެކި ބަހުރުވަތަކަށް ހާއްސަކޮށްގެން އިތުރު ފަސް ޓެގެއް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން #ރަށިބަސް، #ރަށިބަހަ، #ރަޓުބަހަ، #ރަށުބަހަ، #ރަށުބަސް ހޭޝްޓެގެއްގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ އެކެޑަމީއިން ބުންޏެވެ.

އެކެޑަމީންއިން ވަނީ ޓުވީޓުކުރާ އިރު އެބަޔަކު ނިސްބަތްވާ ސަރަހައްދެއްގެ ހޭޝްޓެގް ބޭނުންކޮށްގެން ޓުވީޓު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އަދި ޓުވީޓު ކުރުމުގައި އެ ސަރަހައްދަކަށް ހާއްސަ ކަންކަމާއި ބަހުރުވައިގެ ހާއްސަ ލަފްޒުތަކާއި އާއިލީ ނަންނަމާއި ދިވެހި ބޭސްވެރިކަމާއި ނަކަތްތެރިކަމާއި ފަންޑިތަވެރިކަމާއި މަސައްކަތްތެރިކަން ފަދަ ސަގާފީ މާނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ވެހި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ބަހުގެ އެކެޑަމީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް