ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ހިލޭ ސްކްރީން ކުރުން މިއަދު އައިޖީއެމްއެޗުގައި

އައިޖީއެމްއެޗް ލެބޯޓްރީގައި މީހަކު ލޭގެ ޓެސްޓެއް ހަދަނީ: ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ސްރީންކުރުން މިއަދު އައިޖީއެމްއެޗްގައި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްދާ އެ ސްކްރީނިން އޮންނާނީ އައިޖީއެމްއެޗްގެ އާރްއެޗްސީ މީޓިން ރޫމުގައި ކަމަށެވެ.

އެ ސްކްރީން ކުރުން މިއަދު މެންދުރު 13:00 އިން ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކެންސަރުގެ ދުވަހެވެ.

ޑަބިލިއު އެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ އަހަރު ދުނިޔޭގައި 9.6 މިލިއަން މީހުން ވަނީ ކެންސަރު ބަލީގައި ބަރުވެފަ އެވެ.

ކެންސަރު ޖެހޭ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކެންސަރު ޖެހޭ މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

comment ކޮމެންޓް