މާފަރު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާފަރު

ނ. މާފަރު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މާފަރު ކައުންސިލްގެ ނައިބު ރައީސް ޒަކަރިޔާ މުހައްމަދު ފުޅު ވިދާޅުވީ މާފަރު ހުޅަނގުފަރާތު މޫދަށް ކަށިމަސް ހިފަންވެގެން އެރި އުޅެނިކޮށް މަރުވީ އެ ރަށު މީހެއް ކަމަށްވާ އުމުރުން 58 އަހަރުގެ އަލީ ރަޝީދު ކަމަށެވެ.

އޭނާ މަރުވީ ރަށުގެ ބަޔަކާ އެކު ކަށިމަސް ހިފަންވެގެން މޫދަށް އެރި އުޅެނިކޮށް ކަމަށާއި އެ ސަރަހައްދަކީ އިސްކޮޅު ޖެހޭ ތިލަ ސަރަހައްދެއް ކަމަށް ވެސް ޒަކަރިޔާ ވިދާޅުވި އެވެ.

އަދި އެ ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރޭ ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ރަޝީދުގެ ހަށިގަނޑު މިވަގުތު އޮތީ މާފަރު ހިނަވާ ގޭގަ އެވެ.

comment ކޮމެންޓް