ވައުދުފުޅާ އެއްގޮތަށް މާފަރު އިހްތިޞާސް ތެރޭ ފަރުމުއްޔާއި ކަނޑިންމާހުރާ ހިމަނައިދީފި

ނ. މާފަރުގެ ސަރަހައްދު --

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނ. މާފަރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ ރަށުގެ ފަޅުގެ ތެރޭ ހިމެނޭ ކަނޑިންމާހުރާއާއި ފަރުމުލި އަލުން މާފަރުގެ އިހްތިޞާސްގެ ތެރޭ މިއަދު ހިމަނައިފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓުގައިވަނީ ރައީސް ޑރ. މުޙައްމަދު ސޮއިކުރައްވައި އެ ކަން އިއުލާންކުރެއްވި ގަރާރު ޝާއިއުކޮށްފައެވެ.

އެ ގަރާރުގައިވަނީ އެ ދެ ފަޅު ރަށް ވެސް މާފަރު އިހްތިޞާސްގެ ތެރޭ ހިމަނުއްވަން އެ މަނިކުފާނު ނިންމެވީ ކަމަށެވެ.

މާފަރުގެ ބޮޑު ފަޅުތެރޭގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ބައްތިޖެހި ރަށާއި ފަރުމުލި ކުރިން އޮންނަނީ މާފަރުގެ އިހްތިސާސްގެ ތެރޭގައެވެ. ނަމަވެސް ކުރީގެ ވެރިކަމުގައި ރައީސްގެ ގަރާރަކުން 2020ވަނަ އަހަރު ވަނީ އެ ދެ ރަށް ވެސް ހިމެނޭ ގޮތަށް މި ރަށުގެ ފަޅުން 80 ހެކްޓަރުގެ ސަރަހައްދެއް އިހްތިސާސުން ވަކިކޮށްފައެވެ.

https://sun.mv/182218

އެއާއެކު ރަށު ރައްޔިތުންނާއި ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުން އައިއިރު، އިހްތިޞާސުން އުނިކުރި ބައި އަލުން ހިމަނައިދިނުމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުއިއްޒު މާފަރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

comment ކޮމެންޓް