އައްޑޫގައި އިމާރާތަކުން ވެއްޓުނު ކުއްޖާ ފަރުވާއަށް މާލެ ގެންނަނީ

އައްޑޫ ސިޓީ މަގެއް: އެ ސިޓީ މަރަދޫ އިމާރާތަކުން ހަތް އަހަރުގެ ކުއްޖަކު ވަނީ ވެއްޓިފައި -- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީ މަރަދޫގައި އިމާރަތަކުން ވެއްޓުނު ހަތް އަހަރުގެ ފިރިހެން ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

އައްޑޫ ސިޓީ މަރަދޫގައި ހަތް އަހަރުގެ ފިރިހެން ކުއްޖަކު އިމާރަތަކުން ވެއްޓުނު ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 3:07 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، މަރަދޫ ދެބުރި އިމާރާތަކުން ހަތް އަހަރުގެ ކުއްޖަކު ވެއްޓި ފުރަތަމަ ފަރުވާ ދޭން ފެށީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށެވެ.

މި ހާދިސާގައި ވެއްޓުނު ފިރިހެން ކުއްޖާ އަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް