ޕްރިޔަންކާ އަމިއްލަ ޔޫޓިއުބް ޗެނަލެއް ހިންގަން ތައްޔާރުވެއްޖެ

ޕްރިޔަންކާ ޗޯޕްރާ-- ފޮޓޯ: ސެލެބްދާބާ

ބޮލީވުޑްގެ ކާމިޔާބު ބަތަލު ޕްރިޔަންކާ ޗޯޕްރާ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.

ޕްރިޔަންކާ ކޮށްފައިވާ ޓްވީޓެއްގައި ބުނީ "އިފް އައި ކުޑް ޓެލް ޔޫ ޖަސްޓް ވަން ތިންގް"ގެ ނަމުގައި އަމިއްލަ ޔޫޓިއުބް ޗެނަލެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

އަމިއްލަ ހަޔާތާ ބެހޭ ގިނަ މައުލޫމާތުތަކެއް އެނގިގެންދާނެ މި ޗެނަލަކީ މީގެ 10 އަހަރު ކުރިން ބޮލީވުޑްގައި އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި އޭނާ ހިމެނުނު ގޮތް އެނގޭނެ ޗެނަލެކެވެ.

"ކެރިއަރުގެ ބޮޑު ބައެއް އެނގޭނެ. މީހުންނަށް ނޭނގޭ ގިނަ ކަންތައްތަކެއް ހާމަވާނެ. ހޮލީވުޑުން ޖާގަ ހޯދި ގޮތް ވެސް އެނގޭނެ،"

އޭނާ ބުނީ މި ހިޔާލު އައީ "ޓެން އިޔާ ޗެލެންޖު" ގެ ސަބަބުން ކަމަށެވެ.

ޕްރިޔަންކާ އަކީ 2000 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ހާސިލްކުރި ބަތަލާއެވެ.

comment ކޮމެންޓް