އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފި

މިއަދު ފެށި އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ޓުވިޓާ

ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެސް ކުރިއެރުވުމުގެ ގޮތުން ފްރޮފެސަރު ހުސެއިން އުގެއިލްގެ ފައުންޑޭޝަނާއި މޯލްޑިވިސް އޯޕަން ސޯސް ސޮސައިޓީ ގުޅިގެން ފެށި އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

"އާރު އެންޑް ޑީ އަލް އެކްސެލެރޭޓާ" ނަމުގައި އެ ޕްރޮގްރާމް ފަށަން މިއަދު ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ އެވެ.

އެ ޕްރޮގްރާމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އުގެއިލް ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމް ފަސް ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަދު ފެށި އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ޓުވިޓާ

" ރާއްޖޭގައި ފަރުދުންނަށާއި އަދި މުޖުތަމައުގައި ދިމާވެފައިވާ މައްސަލަތައް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހައްލުކުރެވިދާނެ ގޮތްތަކާ މެދު މިއަދު މަޝްވަރާކުރެވުނު. ވަރަށް ރަނގަޅު ހިޔާލުތައް ލިބުނު. މިސާލަަކަށް ގޫގުލް ސިރި ގޮތަށް ދިވެހިން ވާހަކަ ގޮތަށް ހެދުން. އާޓިފަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކޯލް ސެންޓަރުތަކުން މީހުންނާ އޭރުން މުއާމަލާތް ކުރެވިދާނެ" އުގެއިލް ވިދާޅުވިއެވެ.

އުގެއިލް ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ހަ މަސް ތެރޭ ޕްރޮޓޯޓައިޕެެއް ނެރެވޭނެވަރު ވާނެ ކަމަށާއި އަދި އުއްމީދަކީ އެ ޕްރޮޖެކްޓްތައް ފުޅާވެ އެ މަސައްކަތް ބޮޑު ވިޔަފާރިއަކަށް ބަދަލުވެގެން ދިޔުން ކަމަށެވެ.

" މިލިއަނެއްހާ ރުފިޔާ އަޅުގަނޑުމެން އެބަ އެހީގެ ގޮތުގައި ގްރޫޕްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައި." އުގެއިލް ވިދާޅުވިއެވެ.

comment ކޮމެންޓް