ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

ރ. ވަންދޫ -- ފޮޓޯ: މެޕްސައިޓްސް

ރ. ވަންދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުއިފިލަނޑާ ނަގަން ފޭބި މީހާ ގެއްލިގެން، ދޯނީގެ ވެރިފަރާތުން ފުލުހުންނަށް ރިޕޯޯޓު ކުރީ މިއަދު ހެނދުނު 10:25ގައި ކަމަށެވެ.

އޮފިޝަލު ވިދާޅުވީ، އެ މީހާ ގެއްލިގެން ހޯދާކަން ހެނދުނު 10:30ގައި ފުލުހުން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވާނެ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި، ގެއްލިގެން ހޯދަނީ ރ، ދުވާފަހު، ފެހިހިޔާގެ، އަބްދުﷲ އާދަމް، 32، ކަމަށެވެ.

އެ މީހާ ގެއްލުނީ "އަންބަރާ" ނަމަކަށް ކިޔާ ދޯންޏަކުން، ރަސްމާދޫ ކައިރީގައި އޮންނަ، ރ. ވަންދޫގެ ހުޅަނގު ފަރާތަށް އެރި އުޅެނިކޮށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ މީހުން ހުއިފިލަނޑާ ނަގަން ޑައިވް ފެށީ ހެނދުނު 8:45 ހާއިރު ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށެެވެ. އަދި އެ މަސައްކަތުގައި ކޯސްގާޑްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

comment ކޮމެންޓް