ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރައްވައިިފި އެވެ.
ނަވާޒު ޖޭޕީއަށް ސޮއި ކުރެއްވީ، މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ނަވާޒު ޖޭޕީއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ ގާސިމާ އެވެ.
ނަވާޒު ޖޭޕީއަށް ސޮއި ކުރައްވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއްވެސް ވަނީ ރިޔާސީ އިންތިހާބަށް ފަހ އެ ޕާޓީއަށް ސޮއިކޮށްފަ އެވެ.
ރައީސް ޔާމީން އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވުމަށް ފަހު ވަނީ ނަވާޒް އެންވަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފަ އެވެ. ރައީސް ޔާމީންގެ ދައުރު ނިމެންދެން އޭނާ ހުންނެވީ އެ މަގާމުގަ އެވެ.
ނަވާޒް ޕޮލިސް އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ، ކުރީގެ ކޮމިޝަނަރު އަރީފް މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. އަރީފް މަގާމުން ވަކި ކުރީ އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
comment ފޫޅު ކޮކަ
6 year 2 month ago
އިތުބާރުގެއްލިފަ ހުރި ޅިޔަނެއް. މަވާސަލާމް. ފޫޅުމާމައަށް ވާވަރުވެސް ނުވާނެ.
comment ބޯހަލާކު
6 year 3 month ago
ޢިލެކްސަން ކޮމިސަންގެ ޓީމުރިސްފަތުނެގިކަން ފޯންކޯލުންސާބިތު...ހޯހޯ މިހާރުމިއިނގެނީ އީސީ ގެ ވޯޓްފޮށިތައް ހުރިކޮޓަރި ޕޮލިހުން ސީސީޓީވީ ކެމެރާތަކުން ނުބެލެހެއްޓީ މީނަގެ ކުރަޕްޓް ކަމުންކަން މިހާރު ބެލެވޭނެ...ގާސިމްގެ އަޅުން ދެއްތޯ.
comment ޢަހުމަދު
6 year 3 month ago
ތީދެން މީހުން ނޫސްތަކުގައި ލިޔާ ކަހަލަ ކަމެއްތަށް.ޖޭޕީގެ އެޑުމިން ތަތީ