ނައިބު ރައިސް ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް ހިންމަފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.

ނައިބު ރައީސް ފައިސަލް އެ ސެންޓަރަށް ޒިޔާރަތް ކުރެއްވީ މިއަދު އެމަނިކުފާނު ހިންމަފުށްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެމަނިކުފާނުވަނީ، އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ހާލަތު އެމަނިކުފާނު ބައްލަވާލެއްވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އެރަށު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

އަދި އޭގެ އިތުރުން އެމަނިކުފާނު ވަނީ ހިންމަފުށީ ސްކޫލަށާއި، ހިންމަފުށީ ހެލްތް ސެންޓަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.

މިއަދު ހިންމަފުށްޓަށް ކުރައްވަމުން ގެނދަވާ ދަތުރުފުޅުގައި އެ ސެންޓަރަށް ޒިޔާރަތް ކުރައްވާ،

އެ މުއައްސަސާގެ މުވައްޒަފުންނާ ބައްދަލުކު މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ހާލަތުބައްލަވައިލެއްވިއެވެ.

comment ކޮމެންޓް