ދެއްކި ވާހަކަތަކަކާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
ޒައިދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 8:30 ހަށެވެ. ޒައިދު ކުރި ޓްވީޓެއްގައި ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް އެގަޑިއަށް ހާޒިރުވާނެ ކަމަށެވެ.
އަދި އޭނާ ކުރި ޓްވީޓެއް ވިއްޔާ ހުންނާނީ ފެންނަން ކަމަށާއި އޭގެ އިތުރުން މީސް މީހުން އޭނާއާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރާއިރު އެކަމަށް ފިޔަވަޅު ނާޅާ ފުލުހަށް އޭނާ ހާޒިރު ކުރާތީ ޒައިދު ކަންބޮޑުވުން ފާޅުކުރި އެވެ. އޭނާ ފުލުހުންގެ ކިބައިން އެދިފައި ވަނީ އަދުލުވެރިވެ ލެއްވުމަށެވެ.
ދީނީ މައްސަލަތަކުގައި އެކި އެކި އިންޒާރުގެ ވާހަކަ ދައްކާ ސޯޝިއަލް މީޑިއާގައި ބަހުސް ކުރަމުންދާ މައްސަލާގައި މީގެ ކުރިން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި އެވެ. އޭގެ ތެރޭގައި ސިރޫ އާޓްސް ހިންގާ މުހައްމަދު ޝިރުހާންވެސް ހިމެނެ އެވެ. އަދި ނޫސްވެރިޔާ އައިޝަތު އާނިޔާވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި އެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި، އެފަދަ މީހުންނަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ.