ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް އެއްބާރުލުން ދޭނަން: ސުއޫދު

ހުސްނުއް ސުއޫދު: ގޭންގުތަކާ ގުޅިގެން ފަނޑިޔާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައި ---

ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ފަނިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޓީގެ ރައީސް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އައްޔަން ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސުއޫދު މިރޭ ވިދާޅުވީ، ގޭންގު ތަކާއި ކޯޓްތަކާ ގުޅުން އޮތްތޯ ބެލުމަށްޓަކައި ހުޅުވާލެވިފައިވާ ތަހުގީގެއް ހިންގުމަށް ޖޭއެސްސީން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ޖުޑިޝަރީ އިސްލާހު ކުރެވޭނީ ތިޔަފަދަ ފިޔަވަޅުތައް އަޅައިގެން. އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ،" ސުއޫދު ވިދާޅުވި އެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ، ސުއޫދު ފާހަގަކޮށްފައިވާ ކަންތައްތަކުގެ ހަގީގަތް ހޯދައި އެކަންކަމުގެ ހެކިތަކުގެ މައުލޫމާތު ހޯދުމަށް ނިންމާފަ އެވެ.

comment ކޮމެންޓް