ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ، ޕީޕަލްސް ނޭޝަލް ކޮންގްރެސް (ޕީއެންސީ) ރެޖިސްޓްރީ ކުރުމަށް 4،000 މެމްބާޝިޕް ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.
އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އިސްފަރާތްތައް އިސްވެ ތިއްބަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ ޕީޕީއެމްއާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނިކޮށެވެ.
ފޯމުތައް އީސީއަށް ހުށަހެޅުމަށް މިވަގުތު އީސީގައި ހުންނެވި، ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން" ވިދާޅުވީ، ޕީޕީއެންސީ ރަޖިސްޓްރީ ކުރުމަށް އިސީއަށް މިއަދު 4،000 ފޯމު ހަށަހަޅައިފި ކަމަށެވެ.
އިސީ އަށް ޕީއެންސީ އަށް ފޯމު ހުށަައެޅީ މިއަދު ހެދުނުއެވެ. ފޯމު ހުށަހެޅުއްވުމަށް ސައީދުގެ އިތުރުން ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބާރު އަބަދުއް ރަހީމްއާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުވެސް އީސީއަށް ވަޑައިގެންނެވިއެވެ.

ޕީއެންސީ ރަޖިސްޓްރީ ކުރުމައަށް އިސީ އަށް ފޯމް ހުށަހެޅުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް
އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން އިންތިޚާބު ކުރުމަށް ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.