އުރިދޫއިން ވައިބާގެ އެތައް ހާސް ސްޓިކާ ޕެކް އެންމެ 19 ރުފިޔާއަށް!

"ޕްރިމިއަމް ވައިބާ ސްޓިކާސް" ޕެކޭޖާއި ގުޅޭ ގޮތުން އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/އުރީދޫ

ފަސޭހަކަމާއި އެކު ބޭނުން ކޮންމެ ވައިބާ ސްޓިކާ ޕެކެއްވެސް ޑައުންލޯޑް ކުރުމަށް މަގުފަހިކޮށްދޭ، މަހަކު އެންމެ 19 ރުފިޔާގެ ޕެކޭޖެއް އުރިދޫ އިން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫ އިން ބުނީ އެ ކުންފުންޏާއި ވައިބާ ގުޅިގެން މިއަދު ތައާރަފް ކުރެވުނު، "ޕްރިމިއަމް ވައިބާ ސްޓިކާސް" ހިދުމަތް އެކްޓިވޭޓް ކޮށްލުމުން ވައިބާގެ ސްޓިކާ މާކެޓްގައި ހިމެނޭ އެތައްހާސް ސްޓިކާތައް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާނުލާ ބޭނުންކުރެވޭނެ ކަމަށެވެ.

މި ހިދުމަތް އެކްޓިވޭޓް ކުރެއްވުމަށް، ސްޓިކާ ޑައުންލޯޑް ކުރުމަށް STICKER ޖެހުމަށްފަހު 4114 އަށް ފޮނުއްވުމުން ވައިބާ ސްޓިކަ މާކެޓުން ބޭނުން ވަރަކަށް ސްޓިކާ ޑައުންލޯޑް ކުރެއްވޭނެ އެވެ.

އުރީދޫ އިން ބުނީ ވައިބާ އަކީ އާއިލާއާއި ރައްޓެހިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދިވެހިންގެ އެކި އުމުރުފުރާގެ މީހުންގެ ތެރޭގައި ވަރަށް މަޤުބޫލު އެޕްލޮކޭޝަން އެއް ކަމަށާއި މިއަދު މި ތަޢާރަފްކުރެވުނު ޚިދުމަތާއިއެކު ވައިބާގެ މަޤުބޫލު ސްޓިކާތައް މެދުވެރިކޮށް ދެކެވޭ ވާހަކަތަކަށް އިތުރު ފުރިހަމަކަމެއްލިބިގެންދާނެ ކަމަށެވެ.

އަދި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދީ، ތަފާތު އުފާވެރި ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް ލޯކަލް އަދި އިންޓަރނޭޝަނަލް ޕާރޓްނަރުންނާއި ގުޅިގެން އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އުރީދޫ އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ވައިބާގެ ސްޓިކާ ހެޔޮ އަގެއްގައި ލިބޭނެ ގޮތް މިއަދު ތައާރަފް ކުރިިއިރު، ނިމިދިޔަ ހަފްތާގެ ތެރޭގައި އެކުންފުނިން ވަނީ އެމޭޒަން ޕްރައިމް ވީޑިއޯ ތައާރަފްކޮށްފައެވެ.

އެމޭޒަން ޕްރައިމް ވީޑިއޯ ޚިދުމަތާއެކު އުރީދޫ ޕޯސްޓްޕެއިޑް އަދި ފިކްސްޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ ހަތް ދުވަހު ހިލޭ، އަދި އެއަށްފަހު ފުރަތަމަ ހަ މަސްދުވަހު މަހަކަށް އެންމެ 49 ރުފިޔާއަށް ބޭނުންކުރެއްވޭނެއެވެ.

comment ކޮމެންޓް