Dhiraagu
Dhiraagu

ރައީސް ޔާމީން ގަވައިދާ ހިލާފަށް މާލީ މުއާމަލާތް ކުރިކަމަށް ބުނާ މައްސަލަތަކެއް ފުލުހުން ބަލަނީ

ރައީސް ޔާމީން --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ADK GENERAl

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަތައް ފުލުހަށް ހުށަހެޅީ ދައުލަތުގެ އިދާރާތަކުން ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިފަދަ ނޫސްބަޔާނެއް ނެރެފައިވާއިރު އަންނަ ހޮނިހިރު ދުވަހު 2:00 އަށް ފުލުހަށް ހާޒިރުވުމަށް ރައީސް ޔާމީން އަށް ވަނީ ޗިޓުފޮނުވައިފައެވެ.

https://sun.mv/112915

އެމަނިކުފާނުގެ ވެރިކަމުގައި ހިނގާފައިވާ ކޮރަޕްޝަނާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތުހުމަތު ޔާމީނަށް ކުރެވެއެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ޔާމީންގެ ބައިވެރިވުން އެބައޮތް ކަމަށް އެމްޑީޕީ އިން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން ރައީސް ޔާމީނުގެ މައްޗަށް ތުހުމަތުކޮށް ބައެއް މައްސަލަތައް އެމްޑީޕީގެ ފަރާތުން ވަނީ ފުލުހަށް ހުށަހަޅައިފައެވެ. ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގުކޮށް އެ މައްސަލަތައް ބެލުން އަވަސްކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ގޮވާލައްވައިފައެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތްކަމަށް ބުނާ މައްސަލަ އޭސީސީ އިން ވަނީ ތަހުގީގުވެސް ކޮށްފައެވެ.

އެމަނިކުފާނު ރާއްޖެ ދޫކޮށް ފިއްލަވަން އުޅޭކަމަށް ތުހުމަތު ކުރިނަމަވެސް ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން މަތީ ދެމިހުންނަވާނެ ކަމަށާއި ރާއްޖެ ދޫކޮށް ނުފިއްލަވާނެ ކަމަށެވެ.

Redstar
comment ކޮމެންޓް

comment އަބޫ ޢައްމާރު އިލްޔާސް

6 year 4 month ago

2008ން- 2012ށް ކެނެރީގޭ ނަޝީދުގެ ވެރިކަމުގައި ވެފައިވާ ޚިޔާނާތްކަމަށް އޯޑިޓް ރިޕޯރޓް ތަކުގައިވާ މައްސަލަތައް ނުބަލައި ރ ޔާމީނާ އިބޫ ޖައްސައިލާ، ހޭބޯ ނާރައިގެން އުޅޭ މައްސަލަ ބަލާނެ ދުވަހެއް ކައިރި މުސްތަޤުބަލެއްގައި މާތްﷲ ދިވެހިންނަށް ދައްކަވާށި! ޯ