ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު --- ފޮޓޯ / މަޖިލިސް

ސިޔާސީ ޕާޓީއެއްގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ އެ ފައިސާ ނުދައްކާ އޮވެއްޖެ ނަމަ، އެ ފައިސާ ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ އިން އުނިކުރާގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. ބިލު ބޭރުކޮށްލީ 37 މެންބަރުންގެ ވޯޓާއެކު އެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕާޓީތަކުގެ މުއާމަލާތަށް ޒިންމާ ވާނީ ދަރަނީގެ މުއާމަލާތް ހިންގި އިރު ޕާޓީގެ ހިންގުމުގައި ތިބި މީހުން ކަމަށެވެ.

އާމިރު ވިދާޅުވީ އޭނާ ހުށަހެޅުއްވި އިސްލާހުތަކަކީ އެ ގާނޫނު ވުޖޫދުވިއިރު ވެސް ގާނޫނުގައި ހިމެނުމަށް ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށާއި ނަމަވެސް އޭރު ހާލަތު އޮތްގޮތުން ގާނޫނު ފާސްވެގެން އައިއިރު އެކަންކަން ހިމެނިފައި ނެތީ ކަމަށެވެ.

ޕާޓީގެ ނަމުގައި ދަރަންޏެއް އޮވެ ހުކުމާއެއްގޮތަށް ދަރަނި ނުދައްކާ ނަމަ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ އިން އެބައި އުނިކުރުމަށް ވެސް އިސްލާހުގައި ހުށަހަޅާފައިވެ އެވެ.

ބިލު ހުށަހެޅީ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ލިބޭ ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ ކުށެއް ނެތް މައުސޫމް މީހުންނަށް ލިބޭ ގެއްލުމެއް ކަމުގައި ދެކޭތީ ކަމަސް އާމިރު ކުރިން ވިދާޅުވި އެވެ.

comment ކޮމެންޓް