ރާއްޖޭގައި ދެމުން ގެންދާ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާ ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވެއްޖެއެވެ.
މަލީހު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ މި ސަރަހައްދުގެ އެހެނިހެން ގައުމުތަކާ އަޅާ ބަލާއިރު އިންޓަނެޓްގެ އަގު ބޮޑު ކަމަށެވެ. އަދި އެކަމުގެ ޝާކުވާ އާންމުން ވަރަށް ބޮޑަށް ކުރާކަަމަށްވެސް މަލީހު ވިދާޅުވިއެވެ.
" އަޅުގަނޑުގެ މިނިސްޓަރު ކަމުގެ ފުރަތަމަ ދުވަހުވެސް އިންޓަނެޓްގެ އަގުތައް ކުޑަކުރެވޭނެ ގޮތްތަކާ މެދު ދިރާގާއި އުރީދޫއާ ވަނީ މަޝްވަރާކޮށްފައި. އިރާދަ ކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ހައްލު ލިބިގެންދާނެ ކަމަށް ބަަލަމާ" މަލީހް ވިދާޅުވިއެވެ.
@AhmedMahloof @maleehjamal We need your help to bring the prices down. I believe internet and mobile data is horribly expensive in Maldives (probably highest in Asia) while the country’s population specially youth are tech savvy and use it so much in their daily lives
— Mabey (@MMabrook_MV) December 5, 2018
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް މިދިޔަ ރިޔާސީ ކެމްޕޭންގައި ވަނީ އިންޓަނެޓް އަގު ހެޔޮކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ އަގު 30 ޕަސަންޓު ހެޔޮ ކޮށްދެއްވާނެކަމަށް އޭރު ރައީސް ޔާމީން ވައުދުވެވަޑައިގެންނެވިއެވެ.
Internet is not an expensive service or the delivery or deployment process is also not a complicated business, moreover it is not rocket science!
— Ismail Shaukath (@IsmailShaukath) December 6, 2018
It is a plain fact that Maldives internet prices are ridiculously high because of state run corruption and lack of awareness!
ރާއްޖޭގައި އިންޓެނެޓްގެ ހިދުމަތުގެ އަގު ބޮޑު ކަމަށް ބުނެ އާންމުންގެ ވަރަށް ގިނަ ބަޔަކު މިހާރުވެސް ދަނީ މީސް މީޑިއާގައި ކެމްޕޭންތައް ކުރަމުންނެވެ.