'ޖަބަރިޔާ ޖޯޅީ' ރިލީޒްކުރާނީ މެއި މަހު

އަންނަ މޭމަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު ޖަބަރިޔާ ޖޯޅީގެ ޕޯސްޓަރެއް--

ސިދާރްތު މަލްހޯތުރާ އަދި ޕަރިނީތީ ޗޯޕްރާގެ ފިލްމު 'ޖަބަރިޔާ ޖޯޅީ' އަންނަ މެއި މަހު ރިލީޒްކުރަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކޮށްފައި ވަނީ ސިދާރްތު ކުރި ޓުވީޓެއްގައި މޯޝަން ޕޯސްޓަރަކާއި އެކުއެވެ. ފިލްމު ރިލީޒް ކުރާނީ މެއި 17 ވަނަ ދުވަހުއެވެ.

ބަލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމަކީ އިންޑިއާގެ ބިހާރުގައި އޮންނަ ކައިވެނި ކުރަން އުޅޭ ފިރިހެން މީހާ، ކައިވެނީގެ ކުރިން ފޮރުވުން ނުވަތަ ވަގަށް ނެގުމުގެ ސަގާފަތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޕްރަޝާންތު ސިންގ ޑައިރެކްޓު ކޮށްފައިވާ 'ޖަބަރިޔާ ޖޯޅީ' އަކީ ސިދާރްތާާއި ޕަރިނީތީ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.

comment ކޮމެންޓް