އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ

އިނގިރޭސި ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު ފީލްޑް އަދި ސަފީރު ޖޭމްސް ޑޯރިސް، އިންތިހާބީ ރައީސް އިބޫއާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޖާމީ ހަންތު ކުރެއްިވ ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުން އަހަރަކު ލައްކަ އަކަށްވުރެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކުރާ ކަމަށެވެ.

އިނގިރޭސި އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ ދެގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް ފަހިވާ ފުރުސަތެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ އިނގިރޭސި އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. މިކަމުން ދޭހަވަނީ ޒަމާނުއްސުރެ ދެގައުމު ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އިނގިރޭސި ސަރުކާރުންދޭ އަހައްމިއްޔަތުކަން ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

އިނގިރޭސި އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އަދި އޮގްތިސޯދަށްވެސް އޭގެ އެދެވޭ ފައިދާ ކުރާނެ ކަމެއްކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ދާމީހުންނާއި ދެގައުމު ދެމެދު ކުރަންޖެހޭ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރުމަށް މިހާރު ދަތުރުކުރަންޖެހެނީ ސްރީލަންކާގައި ހުންނަ އިނގިރޭސި އެމްބަސީ އަށެވެ.

އިނގިރޭސި އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުން އެގައުމުވެގެންދާނީ ރާއްޖޭގައި އެމްބަސީއެއް ހުޅުވި ޔޫރަޕުގެ ފުރަތަމަ ގައުމަށެވެ.

comment ކޮމެންޓް