ސިންގަލް ޔޫސް ޕްލާސްޓިކް ކެމްޕެއިންގައި ފޮރިން މިނިސްޓްރީން ބައިވެރިވެއްޖެ

ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ހާއްސަ ކެމްޕެއިންގައި ފޮރިން މިނިސްޓްރީން ވެސް ބައިވެރިވުން -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އިފްތިތާހު ކުރި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ހާއްސަ ކެމްޕެއިންގައި ފޮރިން މިނިސްޓްރީން ވެސް ބައިވެރިވެއްޖެ އެވެ.

މި ހާއްސަ ކެމްޕެއިން ސަރުކާރު ހުރިހާ މިނިސްޓްރީއަކާ ހުރިހާ ސެކްޓާތަކުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ފޮރިން މިނިސްޓްރީ އަކީ މި ކެމްޕެއިންގައި ބައިވެރިވި ފުރަތަމަ މިނިސްޓްރީ އެވެ.

https://www.sun.mv/112407

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި އޮތް މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގައި ކެމްޕެއިން ފައްޓަވައި ދެއްވީ، ފޮރިން މިނިސްޓަރު އަބަދުﷲ ޝާހިދެވެ.

ކެމްޕެއިން ފައްޓަވައި ދެއްވުމަށް ފަހު، މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީ އިން އަހަރެއްގެ މައްޗަށް 27،500 އަށް ވުރެ ގިނަ ޕްލާސްޓިކް ފުޅި ބޭނުން ކުރާ ކަމަށާއި މި ކެމްޕެއިންގެ ދަށުން އެކަމަށް ނިމުމެއް އަންނާނެ ކަމަށެވެ.

އަދި ރާއީސް ސޯލިހް މިފަދަ ތިމާވެއްޓާ ރައްޓެހި ކެމްޕެއިންއެއް ފެއްޓެވުމުން މިނިސްޓަރު ޝާހިދު އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ.

ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ހާއްސަ ކެމްޕެއިންގައި ފޮރިން މިނިސްޓްރީން ވެސް ބައިވެރިވުން: ފޮރިން ސެކެޓަރީ އަބްދުޢަފޫރު މުހައްމަދު(ކ) އަދި މިނިސްޓަރު އަބްދުﷲ ޝާހިދުު (ވ) -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

މިނިސްޓަރު އިތުރަށް ވިދާޅުވީ، މުވައްޒުފުން ދުވާލު ގަނޑީގައި މަސައްކަތް ކުރައްވާ އިރު ކަރަންޓް ބޭނުން ކުރުން މަދު ކުރުމަށް ބާރު އަޅުއްވާ ކަަމަށެވެ.

މި ކެޕެއިންގެ ދަށުން އެ މިނިސްޓްރީގެ ކޮންމެ މުވަށްޒިފަކަށް ވަނީ ބިއްލޫރި ފުޅި ހަދިޔާ ކޮށްފަ އެވެ.

comment ކޮމެންޓް