މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އާސިފްއާ އެކު --- ފޮޓޯ/ އިލެކްޝަންސް

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަން ކަމުގެ ހުއްދަ ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ ޕާޓީ އުފައްދަވަނީ ވިޔާފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް އިސްވެ ހުންނަވައިގެންނެވެ.

"މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި." އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓްގައި ބުނެގައިވެ އެވެ.

އާސިފްއަކީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އަދި އިންތިހާބު ދުވަސްވަރު ވެސް ޕީޕީއެމްއަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ބޭފުޅެކެވެ. ރާއްޖޭގައި އޮތް އެންމެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ގެންގުޅޭ ބޭފުޅަކީ ރައީސް ޔާމީން ކަމަށާއި އަދި ޕީޕީއެމް ކަމަށް އާސިފް ވިދާޅުވެފައިވެ އެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން މި އަހަރު ހުއްދަ އެދިނީ ދެވަނަ ފަރާތަށެވެ. މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި މި އަހަރު ކުރީ ކޮޅު ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވަނީ ޕާޓީއެއް އުފައްދަން ހުއްދަދީފަ އެވެ.

comment ކޮމެންޓް