ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ޑރ. ނަޒީރު ހަމަޖައްސަވައިފި

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމަށް ހަމަޖެއްސި ޑރ. ނަޒީރު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ހަމަޖައްސައިފިއެވެ.

ޑީޖޭއޭގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރާ ބޭފުޅެކެވެ.

ޑީޖޭއޭ އިން ބުނީ މިއަދުން ފެށިގެން ޑރ. ނަޒީރު އެ މަގާމަށް އައްޔަންކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ޑީޖޭއޭ އަކީ ޝަރުއީ ދާއިރާގެ އާންމު އިދާރީ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ އިދާރާއެވެ. މި އިދާރާ ގާއިމުކުރެވިފައި ވަނީ، ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އިދާރާއެއްގެ ގޮތުގައެވެ. މި އިދާރާ ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

comment ކޮމެންޓް