މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ކޮމަންޑޫ ދައިރާ މެމްބަރު، އަހްމަދު ނާޝިދު (އޭޑީކޭ ނާޝީދު) އަދި ނައިބު މަގައްރިރަކަށް ކުޑަހުވަދޫ ދާއިރާ މެމްބަރު އަހްމަދު އާމިރު އިންތިހާބުކޮށްފި އެވެ.
މި ދެމާގާމަށް ބޭފުޅުން ހަމަޖެއްސީ މިއަދު ކުރިއަށްދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަލުން މަޖިލީހުގެ ކޮމެޓީތަކުން ޕާޓީތަކަށް ލިބޭ ސްލޮޓްތަކާ އެކު ކޮމިޓީތައް އެކުލަވާލެވިފައިވާ ގޮތް އިއުލާން ކުރި އިރު، މާލިއްޔަތު ކޮމިޓީގެ އަގުލަބިއްޔަތު ލިބުނީ ސަރުކާރު ހިންގާ ކޯލިޝަނަށެވެ.
އެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު ކަން ކުރިން ފުރުއްވަމުން ގެންދެވި، ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ނަން ވެސް ނައިބު މުގައްރިރަކަށް ހުށަހެޅުނެވެ. ނަމަވެސް އިންތިހާބު ވާންޖެހޭ މިންވަރަށް އޭނާ އަކަށް ވޯޓެއް ނުލިބުނެވެ. ރިޔާޒްއަށް ލިބުނީ ހަ ވޯޓެވެ. އިންތިހާބުވުމަށް ފާސްވުމަށް ބޭނުން ވަނީ ހަތް ވޯޓެވެ.
އިއްޔެ އިއުލާން ކުރި މާލިއްޔަތު ކޮމެޓީ މިހާރު އެކުލެވިގެންވާ ގޮތް:
- ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދު (މުގައްރިރު)
- ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ
- މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު
- ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު (ނައިބު މުގައްރިރު)
- ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު
- ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު
- ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު
- ވިލުފުށި ދާއިރާގެ ޕީޕީއެމް މެންބަރު ރިޔާޒް ރަޝީދު
- އޭދަފުށި ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ސަލީމް
- ފޭދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ދީދީ
- މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު ޙުސައިން މުޙައްމަދު
- މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު (އަމިއްލަ)
- ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله އަޙްމަދު (އަމިއްލަ)
- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް (އަމިއްލަ)
މާލިއްޔާތު ކޮމިޓީގެ ކުރީގެ މުގައްރިރަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނުއެވެ. އަދި ނައިބު މުގައްރިރަކީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.