"ރަލްފް ބްރޭކްސް ދި އިންޓަނެޓް" ޝްވެކަށް

ރަލްފް ބްރޭކްސް ދި އިންޓަނެޓް ގެ މަންޒަރެއް----

ރިކް މޯ އަދި ފިލް ޖޯންސްޓަން ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ރަލްފް ބްރޭކްސް ދި އިންޓަނެޓް" މިއަދު ޝްވެކްގައި ޕްރިމިއާކޮށްފިއެވެ.

މިއަދު ފެށިގެން ޝްވެކް ސިނަމާއިން މި ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ޝްވެކް ސިނަމާއިން ބުނީ ފިލްމަށް ޓިކެޓް ވިއްކުން ފަށާފައިވާކަމަށާއި ޓިކެޓް ބުކް ކުރެވެމުން ދާނެކަމަށެވެ.

ވޯލްޓް ޑިޒްނީ އެނިމޭޝަންއިން ޕްރޮޑިއުސްކުރާ އެ ފިލްމުގައި ފެންނާނީ ރެލްފު އާއި އޭނާގެ ބެސްޓް ފްރެންޑް ވެނޮލޮޕީ އިންޓަނެޓުގެ އެތެރެއަށް ވަނުމުން ދިމާވާ ކަންތައްތަކެވެ.

ފިލްމުގެ ފުރަތަމަ ބައިވެސް ގިނަ ބެލުންތެރިންނަށް ވަނީ ކަމުގޮއްސައެވެ.

ފިލްމުގެ ކެރެކްޓާ ރެލްފްއަށް އަޑު އަޅާފައި ވަނީ ޖޯން ސީ ރެލީ އެވެ. އަދި ވެނޮލޯޕީއަށް އަޑު އަޅާފައި ވަނީ ސޭރާ ސިލްވާމަން އެވެ.

comment ކޮމެންޓް