ހަލުވި އިންޓަނެޓާ އެކު ދިރާގު ޓީވީ ހޮޅުދު އަށް ތައާރަފުކޮށްފި

ދިރާގު ބްރޯޑްބޭންޑު އަދި ޓީވީގެ ހިދުމަތް ހޮޅުދޫ އަށް -- ފޮޓޯ: ދިރާގު

ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތާ އެ ކުންފުނިން ފޯރުކޮށްދޭ ދިރާގު ޓީވީގެ ހިދުމަތް ނ. ހޮޅުދޫ އަށް ވެސް ތައާރަފްކޮށްފި އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތާއެކު ހޮޅުދު އަށް 100 އެމްބީޕީއެސްގެ ސްޕިޑުގައި އިންޓަނެޓުގެ ހިދުމަތް ލިބޭނެ އެވެ.

ހޮޅުދޫ އަށް ދިރާގު ފައިބާ ބްރޯޑްބޭންޑު ހިދުމަތް ތައާރަފުކޮށް އެ ކުންފުނިން ވަނީ މި މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ފައިބާ ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މީގެ އިތުރުން ތިން މަސް ވަންދެން ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ދިރާގުން ދަނީ ފައިބާ ބްރޯޑްބޭންޑް ހިދުމަތާ އެކު 100 އެމްބީޕީއެސްގެ ހަލުވި ސްޕިޑުގައި އިންޓަނެޓުގެ ހިދުމަތް ދެމުންނެވެ. އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖެއް ވެސް ދިރާގު ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ އެވެ.

މާލެ ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އިތުރު 42 ރަށަކަށް ހަލުވި ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް