ގެއްލިފައިވާ ކަމަށް ބެލެވުނު ޑިޒްނީގެ ކުރު ފިލްމެއް ޖަޕާނުން ފެނިއްޖެ

އޯސްވޯލްޑް ދަ ލަކީ ރެބިޓަކީ ވޯލްޑް ޑިޒްނީ އެންމެ ފުރަތަމަ އުފެއްދި އެއް ކެރެކްޓާ -- ފޮޓޯ: ވޯލްޓް ޑިޒްނީ ސްޓޫޑީއޯ

މަޝްހޫރު އެނިމޭޓާ ވޯލްޓް ޑިޒްނީ 1928ގައި އުފެއްދި ކުރު ފިލްމެއް ޖަޕާނުން ފެނިއްޖެއެވެ.

"ނެކް އެން އެން" ކިޔާ ދެ މިނިޓުގެ އެފިލްމުން ފެނިގެންދަނީ 'އޯސްވޯލްޑް ދަ ލަކީ ރެބިޓް' ކިޔާ ކެރެކްޓާއެކެވެ. އެއީ ޑިޒްނީގެ އެންމެ މަޝްހޫރު އުފެއްދުން ކަމަށްވާ މިކީ މައުސް ވުޖޫދަށް އައުމުގެ ކުރިން އުފައްދާފައިވާ ކެރެކްޓާއެކެވެ.

ވޯލްޓް ޑިޒްނީ މިކީ މައުސް އުފެއްދީ އޯސްވޯލްޑްގެ ފިލްމުތައް އުފެއްދުމުގެ ރައިޓްސް ޔުނިވާސަލް ސްޓޫޑިއޯސްއިން އަތުލުމުންނެވެ.

ކަޅާއި ހުދު ކުލައިގެ މަންޒަރުތަކެއް އެކުލެވޭ އެ ފިލްމު ފެނުނީ އުމުރުން 84 އަހަރުގެ ޔަސުޝީ ވަޓަނަބީއަށެވެ. އޭނާ ބުނި ގޮތުގައި ފުރާވަރު އުމުރުގައި ގަތް އެފިލްމު އޭ ނާގެ އަތުގައި އޮންނަތާ 70 އަހަރުވެއްޖެ އެވެ.

ވޯލްޓް ޑިޒްނީ 'އޯސްވޯލްޑް ދަ ލަކީ ރެބިޓް' އުފެއްދީ 1927ގައި -- ފޮޓޯ: ވޯލްޓް ޑިޒްނީ ސްޓޫޑީއޯ

އަދި އެ ފިލްމުގެ މުހިންމުކަން އެނގުނީ ޑިޒްނީގެ އެނިމޭޓާ، ޑޭވިޑް ބޮސާޓް ލިޔެފައިވާ ފޮތެއް ކަމަށްވާ "އޯސްވޯލްޑް ދަ ލަކީ ރެބިޓް: ދަ ސާޗް ފޯ ދަ ލޮސްޓް ޑިޒްނީ ކާޓޫންސް' ކިޔުމުންނެވެ.

ބޮސާޓްގެ ފޮތުގައިވާ ގޮތުން ވޯލްޓް ޑިޒްނީ ވަނީ އޯސްވޯލްޑް ފެނިގެންދާ 26 ކުރު ފިލްމު ހަދާފައެވެ. ނަމަވެސް އޭގެ ތެރެއިން ހަތް ފިލްމެއް ވަނީ ގެއްލިފައެވެ.

ވަޓަނަބީއަށް ފެނިފައި ވަނީ އޭގެ ތެރެއިން "ގެއްލިފައިވާ" ކަމަށް ބެލެވުނު އެއް ފިލްމު ކަމަށް ވޯލްޓް ޑިޒްނީ އާކައިވްސްއިން ވަނީ ޔަގީންކޮށްދީފައެވެ.

"ވަރަށް ކުރީއްސުރެ އަހަންނަކީ ޑިޒްނީގެ ފޭންއެއް. މި [ފިލްމު] ހޯދުމުގައި ބައިވެރިވެވުނީތީ އަހަރެން އުފާވޭ،" ވަޓަނަބީ ބުންޏެވެ.

މީގެ އިތުރުން ގެއްލިފައިވާ ކަމަށް ބެލެވުނު އޯސްވޯލްޑުގެ އިތުރު ފިލްމެއް 2015 ވަނަ އަހަރުވެސް ފެނިފައިވެއެވެ.

comment ކޮމެންޓް