އަންނަ މަހުން ފެށިގެން ޕީއެސް4 އިން ޕަބްޖީ ކުޅެވޭނެ

މިހާރު ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ގޭމަކީ "ޕްލޭޔާއަންނައުންސް ބެޓްލްގްރައުންޑްސް" ނުވަތަ ޕަބްޖީ އެވެ.

ދިރިއުޅުމުގެ އާދަތަކަށްވެސް ބަޕްޖީގެ ފަހުން ބަދަލުގެންނަން ޖެހިފައިވެއެވެ. އެ ގޭމު ކުޅެން ކޮމިޓު ވުމަށެވެ. ކޮންމެއަކަސް ޕަބްޖީ ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޕަބްޖީ ގޭމު ޕްލޭސްޓޭޝަން4 އިން ކުޅެވޭނެއެވެ.

ޕީއެސް4 އަށް ހާއްސަ ޕަބްޖީ ގޭމުގެ އަގު އުޅެނީ 30 ޑޮލަރުގައެވެ. ސަވައިވާސް އެޑިޝަން 50 ޑޮލަރަށް އަދި ޗެމްޕިއަންސް އެޑިޝަން 60 ޑޮަލަރަށްވެސް ލިބޭނެއެވެ. ސަވައިވާސް އެޑިޝަން އަދި ޗެމްޕިއަންސް އެޑިޝަންގައި ބޯނަސް 5ޖީ ކޮއިން އަދި އިތުރު އިންގޭމް ރިވޯޑްސް ވެސް ހުންނާނެއެވެ.

ޕީއެސް އަށް ޕަބްޖީ އަންނައިރު މައިްކްރޯސޮޕްޓް އެކްސް ބޮކްސް އިންވެސް މިހާރު މިގޭމު ކުޅެވެއެވެ. ޕީއެސް4 އަށް ޕަބްޖީ ގެންނަނީ ކުރިއަށް އޮތް ޗުއްޓީ ސީޒަނާ ދިމާކޮށް ކަމަށް ޕަބްޖީ ގެ ސީއީއޯ ޗެންގްހަމް ކިމް ބުނެފައިވެއެވެ.

comment ކޮމެންޓް