އައްޑޫގައި ހަދާ ހޮސްޕިޓަލުގައި ނުނިމި ހުރީ އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް: މުއިއްޒު

އީސީސީގައި ހަދާ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު -- ފޮޓޯ: މިނިސްޓަރު މުއިއްޒު

އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހަދާ ހޮސްޕިޓަލުގައި ތަރައްގީ ކުރާ ހޮސްޕިޓަލުގައި މިހާރު ނުނިމި ހުރީ އިކުއިޕްމެންޓު ހަރުކުރުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލުގެ އިކުއިޕްމެންޓު ލިބުމުން ނިންމަން ޖެހޭ މަސައްކަތްތައް ނޫނީ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

ސާކް ސަމިޓަށް އައްޑޫގައި އެޅި އީސީސީގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރަން ނިންމީ ރައީސް ޔާމީނުގެ ސަރުކާރުގައެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ އައްޑޫ ސިޓީގައި ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް މި އަހަރުގެ މެދެއްހާ ހިސާބުގައި ދޭންފެށޭނެ ކަމަށެވެ. އެ ހޮސްޕިޓަލަށް 20.9 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށާއި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް