'ދަބާންގް 3' ފަސްކޮށްފި

ދަބާންގް3 ގެ ޕޯސްޓަރެއް--

އަންނަ އަހަރު މަސައްކަތް ފެށުމަށް ހަމަޖެހިފައި އޮތް ސަލްމާން ޚާންގެ ފިލްމު 'ދަބާންގް 3'ގެ މަސައްކަތް ފެށުން ފަސްކޮށްފިއެވެ.

ބޮލީވުޑް ހަންގާމާ އިން ރިޕޯޓުކޮށްފައިވާ ގޮތުން، ފިލްމުގެ މަސައްކަތް ފެށުން ލަސްކުރީ ސަލްމާން ހިތްހަމަޖެހޭ ވަރުގެ ސްކްރިޕްޓެއް އަދި ނުލިބޭތީއެވެ.

މި އަހަރު ސަލްމާންގެ ފިލްމު 'ރޭސް 3' ރިލީޒްކޮށްފައިވާ އިރު، އެ ފިލްމު ވެގެންދިޔައީ ބެލުންތެރިންގެ އިތުރުން ކްރިޓިކްސްގެ ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ ފިލްމަކަށެވެ. އެހެންކަމުން ރަނގަޅު ސްކްރިޕްޓެއް ނެތި އޭނާގެ ކާމިޔާބު ފިލްމު ސީރީޒް 'ދަބާންގް'ގެ އިތުރު ފިލްމެއް ހަދަން ސަލްމާން ބޭނުމެއް ނުވެއެވެ. އަދި ސްޓާ ކާސްޓަކާއެކު ޗުއްޓީ އަކާ ދިމާކޮށް ފިލްމު ރިލީޒް ކުރުމަށް ވުރެ ބޮޑު އިސްކަމެއް ސްކްރިޕްޓަށް ދިނުމަށް ސަލްމާން ޑިމާންޑް ކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

'ދަބާންގް 2' އަށް ބޮކްސްއޮފީހުގައި ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ފިލްމުގެ ކޮންޓެންޓް ކަމުނުދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ލިބުނެވެ.

ހިންދީ ފިލްމުތައް ބަލާ އޯޑިއެންސް ވަރަށް ބޮޑަށް ބަދަލުވެފައި ވާއިރު، މިހާރު ކާމިޔާބު ވަނީ ކޮންޓެންޓް ރަނގަޅު ފިލްމުތަކެވެ.

comment ކޮމެންޓް