ހާލުގައި ޖެހުނު އެސްޓީއޯގެ ބޯޓު ތިލަފުއްޓަށް ގެނެސްފި

ބޮންތި 2 ކަފުޖަހައިގެން ގެންދަނީ --- ފޮޓޯ: އޭޑީކޭ ޓްރޭޑް

ހާލުގައި ޖެހިފައި އޮތް އެސްޓީއޯގެ "ބޮންތި 2" ކަފުޖަހައިގެން ތިލަފުއްޓަށް ގެނެސްފި އެވެ.

އެ ބޯޓު ތިލަފުއްޓަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އޭޑީކޭ ޓްރޭޑްގެ ޓަގު ބޯޓެކެވެ. އޭޑީކޭ ޓްރޭޑުން ބުނީ ބޮންތި 2 ކަފުޖަހައިގެން ގެންގޮސް ތިފަފުއްޓަށް ވައްދާފައިވާ ކަމަށެވެ. ބޯޓުގައި ހުރި މުދަލަށް އަދި ބޯޓަށް ވެސް ގެއްލުމެއް ނުވާ ކަމަށް ބުނެފައިވެ އެވެ.

ބޮންތި 2 ބޯޓު ހާލުގައި ޖެހުނީ އެ ބޯޓު އިންޑިއާއިން އަންނަނިކޮށް، ހދ. ކުޅުދުއްފުއްޓާ 188 މޭލު ބޭރުން، އެ ބޯޓުގެ ބުރަފަތީގައި ވާގަނޑެއް އޮޅި ބޯޓު ހުއްޓުމުން ނެވެ.

ބޮންތި 2 ހާލުގައި ޖެހުނުއިރު އޭގައި 4000 ޓަނުގެ ކާގޯ ހުއްޓެވެ.

އެ ބޯޓަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް