ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ފަރާތްތަކަށް ލިޔުން ދޭން ފަށައިފި

ސްޓެލްކޯ ހިޔާ ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ: ސްޓެލްކޯ

ސަރުކާރުން މިހާތަނަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރަން ފަށައިފިއެވެ.

ފްލެޓް ލިބުނުކަމުގެ ލިޔުން މިއަދު ދޫކުރަން ފެށިއިރު، މިއަދު ލިޔުން ދޫކޮށްފައިވަނީ ހަމައެކަނި ނަރުހުންނާ ޓީޗަރުންނަށެވެ.

އެޗްޑީސީން ބުނީ އާ ސަރުކާރުން ހުވާކުރުމުގެ ކުރިން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށް ލިޔުން ހަވާލުކުރާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ފްލެޓްތައް ދޫކުރާ ކެޓަގަރީ

  • ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް.
  • އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް.
  • ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް.
  • މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް.
  • ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް.
  • ޓީޗަރުންނަށް 625 ފްލެޓް.
  • އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް.
  • ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް.
  • ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް.
  • މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ..

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ފްލެޓްތައް ދިނުމުގައި މައްސަލަ އުޅޭކަމަށް ކުރަމުންދާ ޝަކުވާތައް އޭނާގެ ވެރިކަމުގައި ބައްލަވާނޭކަމަށެވެ. ނަމަވެސް އިބޫ އަށް ރައްދު ދެއްވައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފްލެޓްތައް ލިބުނު ފަރާތްތަކަގެ އަތުން ފްލެޓުތައް އަތުލައިފިނަމަ ކޯޓަށް ދިއުމުގެ ފުރުސަތު އެ ފަރާތްތަކަށް އޮންނާނޭ ކަމަށެވެ.

comment ކޮމެންޓް