ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް ކުރިއަށް

ވޯޓާ ތީމް ޕާކުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.

ނިރޮޅު މަގު އެމްޕީއެލް ބަސް ޓާމިނަލް ކައިރީ ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް ފަށާފައިވާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އެ ތަނުގައި މަސައްކަތް ކުރާ މީހުން މޮބިލައިޒްވެ، މަސައްކަތް ފަށާފައިވާއިރު މިއީ ރާއްޖޭގައި ހަދާ ފުރަތަމަ ވޯޓަ ތީމް ޕާކެވެ.

ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަރ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާރ އަދި ފެން ކޯރުތައް ހިމެނޭގޮތަށް ހަދާ މި ޕާކުގެ މަސައްކަތް ކުރަނީ މެލޭޝިއާގެ ކުންފުންޏަކުންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 25 މިލިއަން ޑޮލަރަށެވެ.

މި ޕާކު މިއަހަރު ހުޅުވާގޮތަށް ކުރިން ނިންމާފައިވީނަމަވެސް އެކި މައްސަލަތައް ދިމާވެ ޕާކުގެ މަސައްކަތް ފެށޭގޮތް ވަނީ ނުވެފައެވެ. އެޗްޑީސީ އިން މީގެ ކުރިން ބުނެފައިވަނީ ވޯޓާ ތީމް ޕާކު ގާއިމް ކުރާ ސަރަހައްދަކީ ކުރިން ސީއެންޑީ ވޭސްޓު އެއްކުރާ ސަރަހައްދަށް ވުމުން އެތަން ސާފުކުރަން ދުވަސް ނެގީ ކަމަށެވެ.

ވޯޓާ ތީމް ޕާކާއެކު އެސަރަހައްދުގައި ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތަކާއި ހޮޓަލެއްވެސް ތަރައްގީ ކުރާނެކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް