ރައީސް ނަޝީދު ރައްޔިތުންނަށް ޓަކައި ވީ އާދަޔާ ހިލާފު ގުރުބާނީއެއް: ޝޭހް އިމްރާން

ޝޭހް އިމްރާން ރޭ ރައީސް ނަޝީދު އާ ބައްދަލުކުރެއްވުން -- ފޮޓޯ/ރައީސް ނަޝީދު ޓްވިޓާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންނަށްޓަކައި ވެވަޑައިގަތީ އާދަޔާ ހިލާފު ގުރުބާނީ އެއްކަމަށް އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންއަށް ނިސްބަތްވާ މި ދެ ލީޑަރުން ވަނީ ރޭ ބައްދަލު ކުރައްވައިފަ އެވެ.

ބައްދަލު ކުރެއްވުމަށް ފަހު ރޭ ނަޝީދު ކުރެއްވި ޓްވީޓެއް ރީޓްވީޓްކުރެއްވުމަށް ފަހު އިމްރާން ވިދާޅުވީ ރައީސް ނާޝދާ ބައްދަލުކުރެއްވުމުން އެމަނކުފާނަށް ލިބުނު "ނުހަނު ބޮޑު" އުފަލެއް ކަމަށެވެ.

https://sun.mv/111206

"މިރާއްޖެ ހަމަމަގަށް އަޅުވާ، އަމާން އައްސޭރިޔަކަށް ގެންދިޔުމަށް އަޅުގަނޑުމެން ގުޅިގެން ކުރެވެން ހުރި ކަން ކަން ނުހަނު ގިނަ ގުނަ،" ޝޭހް އިމްރާން ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ދެހާސް ފަނަރަ ވަނަ ވަނަ އަހަރު މެއި އެއް ވަަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ދެއްކެވި ވާހަކައަކާ ގުޅިގެން ޝޭހް އިމްރާނަށް ވަނީ ޓެރެއިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު، ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލާގައި އިއްވި ޖަލު ހުކުމް މުރާޖާކުރުމުގެ މައްސަލަ އެ ކޯޓުން ބަލައި ވަކިގޮތަކަށް ހުކުމް އިއްވަންދެން އިމްރާން މިނިވަންކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

comment ކޮމެންޓް